މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
އަނބުރާ އަންނަ ޗެކާއިބެހޭ.

އިޢުލާން

 

އަނބުރާ އަންނަ ޗެކާބެހޭ:

 

ކަސްޓަމްސް އަށް ދައްކާފައިވާ ޗެކެއް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ހަވާލުކުރެވޭ ފަހުން އެއްވެސް ސަބަބަކާހުރެ ޗެކު އަނބުރާ އަތުވެއްޖެނަމަ، ފައިސާ ބަލައިގަނެވޭނީ ނަގުދު ފައިސާއިން ނުވަތަ ޑެބިޓު ކާޑުން ނުވަތަ ބޭންކް ގެރެންޓީ ޖެހި ޗެކަކުންކަމަށް ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 178 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް 178 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް "އެއްވެސް ސަބަބަކާހުރެ ޗެކު އަނބުރާ އައުން" ގެ މާނާގައި  ޗެކު ސްކޭންނުކުރެވުން، (Failed to scan the cheque) ގެ ސަބަބުން ފުރަތަމަ ފަހަރަށް އަނބުރާ ފޮނުވާލާފޮނުވާލުން ނުހިމެނޭނެ ކަމުގައި ދެންނެވީމެވެ.

 

ވީމާ، މިދެންނެވި ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ސްކޭންނުކުރެވުމުގެ ސަބަބުން އަނބުރާ ފޮނުވާލާ ޗެކުގެ ބަދަލުގައި އެހެން ޗެކެއް ހުށަހެޅުމަށް މުދަލުގެ ވެރިފަރާތަށް ފުރުޞަތު ދެވޭނެއެވެ. މިގޮތުން، ދެވަނަ ފަހަރަށް ވެސް ސްކޭންނުކުރެވިއްޖެނަމަ، ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 178 ވަނަ މާއްދާގެ (ށ) ގައިވާގޮތުގެ މަތީން އަމަލުކުރަމުން ގެންދާނެވާހަކަވެސް  ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

 

 

                                                          

                             07 ރަބީޢުލް އާޚިރު 1439

                                  25 ޑިސެންބަރު   2017 

 

25 ޑިސެންބަރު 2017
ހޯދާ