މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - އެސިސްޓެންޓް ޕެންޝަން އޮފިސަރ

216-MPAO/I/2017/35:ނަންބަރު

ވަޒީފާގެ ފުރުޞަތު

 

"އެސިސްޓެންޓް ޕެންޝަން އޮފިސަރ" ގެ މަޤާމަށް މީހަކު ހޯދުމަށް މިއޮފީހުން ކޮށްފައިވާ ނަންބަރު 216MPAO/I/2017/33        

(04 ޑިސެންބަރު 2017) އިޢުލާނާ ގުޅިގެން، އެމަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް އެމަޤާމަށް ހޮވިފައި ނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މަޤާމް:    އެސިސްޓެންޓް ޕެންޝަން އޮފިސަރ

ބޭނުންވާ ޢަދަދު:  1

އަސާސީ މުސާރަ:  7000.00ރ

މިމަޤާމަށް ލިބޭ އެލަވަންސްތައް:

 ނޮންޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މަހަކު 2500.00ރ ދެވޭނެއެވެ.

 ހަމަޖެހިފައިވާ ޢުޞޫލުތަކާ އެއްގޮތްވާގޮތުގެމަތިން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވަންސްގެ ގޮތުގައި 50.00ރ ދެވޭނެއެވެ.

 އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ ޢުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

1.ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް (އެޗް.އެސް.ސީ) އިމްތިހާނުގައި ދިވެހި މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

2.ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ބޭނުންކުރަން ރަނގަޅަށް އެނގުން.

3.ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

މިމަޤާމުގެ މަސްޢޫލިއްޔަތު ތަކުގެ މަޢުލޫމާތު ބަޔާންކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި އޮފީހުގެ ވެބްސައިޓް www.pension.gov.mv  ގައި އިޢުލާނާއިއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

 

 

 

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

 ފުރިހަމަ ކުރެވިފައިވާ މި އޮފީހުގެ "ޖޮބް އެޕްލިކޭޝަން ފޯމް" (ފޯމު މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.)

 ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ވަނަވަރު (ސީވީ)

 ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

 ލިބިފައިވާ މަސައްކަތު ތަޖުރިބާތައް އަންގައިދޭ ލިޔެކިޔުން / ސެޓްފިކެޓްތަކުގެ ކޮޕީ

 

ނޯޓް:

     އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

 މިމަޤާމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ މަޤާމުގެ ޝަރުޠުތައް ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

 

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ޖަނަވަރީ 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ސިޓީ ސްކޮއަރ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު

ފޯން: 1441

އީމެއިލް: [email protected]

                             25 ޑިސެމްބަރ2017

25 ޑިސެންބަރު 2017
ހޯދާ