ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުމާލޭ ފިއުލްޝެޑްގެ ރީޓެއިލް ސްޓޯރ ކުއްޔަށް ދިނުމާއި ބެހޭ

މި އިޢުލާންވަނީ 27 ޑިސެންބަރު 2017 15:15 ގައި ބާތިލް ކުރެވިފައެވެ.


 

ހުޅުމާލޭ ފިއުލްޝެޑްގެ ރީޓެއިލް ސްޓޯރ ކުއްޔަށް ދިނުމާއި ބެހޭ

 

ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން ހުޅުމާލޭގައި ތަރައްޤީ ކޮށްފައިވާ ފިއުލް ޝެޑްގެ ރީޓެއިލް ސްޓޯރ ކުއްޔަށް ދިނުމަށް ބޭނުންވެގެން ކުރެވުނު އިޢުލާނު (ނަންބަރު: FSM-ADV-2017/054) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ އެއިޢުލާނު ބާޠިލުކޮށް އަލުން މިފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ރީޓެއިލް ސްޓޯރ ކުއްޔަށް ބައްލަވައިގަންނަވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 31 ޑިސެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 11 ޖެނުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3331457 ނުވަތަ 3331453 އަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. 

25 ޑިސެންބަރު 2017
ހޯދާ