ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުންޏަށް ބޭނުންވާ މީޑިއަމް ސްޕީޑް 02 ޖެނެރޭޓަރ ސެޓް އަދި އެސެސަރީސް ސަޕްލައިކޮށްދިނުން

                                          

 

 

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

ދިވެހިރާއްޖެ                                                                                 

 

                                                                                             ނަންބަރު:1642017/-H

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުންޏަށް ބޭނުންވާ މީޑިއަމް ސްޕީޑް 02 ޖެނެރޭޓަރ ސެޓް އަދި އެެސެސަރީސް ސަޕްލައިކޮށްދިނުން

މިކުންފުންޏަށް ބޭނުންވާ މީޑިއަމް ސްޕީޑް 02 ޖެނެރޭޓަރ ސެޓް އަދި އެެސެސަރީސް ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތަށް އަގުހުށަހެޅުމުގެ ފުރުޞަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.       

 

މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2017 ޑިސެމްބަރ 25 އިން 2018 ޖަނަވަރީ 08 ގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 09:00 އިން މެންދުރު 15:00 އާދެމެދު 200.00 ޔޫ.އެސް ޑޮލަރު ނުވަތަ އެއަގަށްވާ ދިވެހި ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، 2018 ޖަނަވަރީ 09 ވާ (އަންގާރަ) ދުވަހުގެ 11:30 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުން އެދެމެވެ. އަދި 2018 ޖަނަވަރީ 17 ވާ (ބުދަަަ) ދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑް ޑޮކިއުމަންޓް ދޫކުރެވެނީ 2017 ޑިސެމްބަރ 28 އިން 2018 ޖަނަވަރީ 08 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 15:00 އާ ދެމެދުގައެވެ.

 

މިމަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20,000.00 (ވިހިހާސް ރުފިޔާ) ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ % 15 ބިޑް ކާމިޔާބު ކުރައްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ އިންޝިއުރެންސް ޕޮލިސީއެކެވެ. މިމަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 50 (ފަންސާސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެވެ.

 

ވީމާ، މިމަސައްކަތް ކޮއްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2018 ޖަނަވަރީ 17 ވާ (ބުދަ) ދުވަހުގެ 11:30 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަން ޑޮކިއުމެންޓް ބައްލަވައިގަންނަ ފަރާތްތަކަށެވެ.

                            

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުމަށް

2017 ޑިސެމްބަރ 25 އިން 2018 ޖަނަވަރީ 08 އަށް

09:00 އިން 15:00 އަށް

ޑޮކިޔުމަންޓް ދޫކުރުމަށް

2017 ޑިސެމްބަރ 28 އިން 2018 ޖަނަވަރީ 08 އަށް

09:00 އިން 15:00 އަށް

މަޢުލޫމާތު ދިނުން

2018 ޖަނަވަރީ 09 ގައި

11:30 ގައި

އަގު ހުށަހެޅުން

2018 ޖަނަވަރީ 17 ގައި

11:30 ގައި

 

                              06 ރަބީއުލްއާޚިރު 1439  

ނޯޓް:

  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3338125 / 3338122 ނަންބަރު ފޯނާއެވެ.  އަދި އީމެއިލް ކުރަށްވާނީ [email protected] މި އެޑްރެހަށެވެ.
 

                          24-12-2017

24 ޑިސެންބަރު 2017
ހޯދާ