ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 ރޫމްގެ އެޕާޓްމެންޓެއް ޢިމާރާތްކުރުން

އިޢުލާން

 

2 ރޫމްގެ އެޕާޓްމެންޓެއް ޢިމާރާތްކުރުން

 

            މިކައުންސިލުގެ ފާރާތުން ދޭ ކުރެހުމަކާއި އެއްގޮތަށް 2 ރޫމްގެ ޢިމާރާތެއް އަމިއްލަތަކެތީގައި އަޅައިދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

            ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށް ދިނުމަށް  ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޑިސެމްބަރ 28 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ޖަނަވަރީ 04 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 ގައި އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑާއި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

          މިބީލަމަށް ކުރިމަތިލެވޭނީ ޤާނޫނު ނަމްބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި (8:00 - 14:00) މިކައުންސިލްގެ ނަމްބަރ 6520034 އާ ގުޅުއްވުން އެދެމެވެ. 

                        06 ރަބީޢުލްއާޚިރު 1439

                        24 ޑިސެންބަރު  2017 

24 ޑިސެންބަރު 2017
ހޯދާ