މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
'ސިއްހީ ދިރާސާ އެވޯޑު' އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

އިޢުލާން

ސިއްހީ ދިރާސާ އެވޯޑަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއިން އެންމެ ފުރިހަމަ ދިރާސާއެއް ކޮށްފައިވާ ދިވެއްސަކަށް އެކަން ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހެލްތުން ދޭ އެވޯޑެކެވެ. މި އެވޯޑުގެ މަޤްސަދުތަކުގެ ތެރޭގައި؛

-         ދިވެހިރާއްޖޭގައި ސިއްހީ ދިރާސާކުރުމުގެ ސަގާފަތެއް ތަރައްޤީކޮށް، ރަނގަޅު ފެންވަރުގެ ދިރާސާކުރުމުގެ ރޫހު ދިރުވާ އާލާކުރުން

-         ދިރާސާ ކުރާ ފަރާތްތަކަށް އެބޭފުޅުންގެ މަސައްކަތް ކުރިއެރުވުމަށްް ހިތްވަރުދީ ރަނގަޅު ފެންވަރުގެ ދިރާސާ ކުރުވުން

-         ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންތެރި އަދި މުހިއްމު ދިރާސާތައް ކުރުވައި، ރަނގަޅު ނަތީޖާއެއް ނެރުން

-         ދިވެހިރާއްޖޭގެ ސިއްހީ ދިރާސާއާއިބެހޭ ސިޔާސަތައް ހޭލުންތެރިކޮށް، ސިޔާސަތު ތަންފީޒުކުރުމަށް ބޭނުންވާ ދިރާސާތައް ކުރުވުން

މި އެވޯޑަށް އަމިއްލަ ނަން ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީން ހުޅުވާލަމެވެ.

ވީމާ، މި އެވޯޑަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 01 ފެބްރުއަރީ 2018 (ބުރާސްފަތި) ދުވަހުގެ 12:00 ގެކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަކުރައްވައި، އެ ފޯމްގައި ބަޔާންކޮށްފައިވާ ލިޔުންތަކާއިއެކު، މިނިސްޓްރީ އޮފް ހެލްތަށްް އެޑްރެސްކޮށް ފޮނުއްވައިދެއްވުމަށް އެދި ދަންނަވަމެވެ.

މި އެވޯޑަށް މާކްސް ދެވޭނެ މިންގަނޑާއި އެޕްލިކޭޝަން ފޯމް ތިރީގައިއެވާ މިލިންކުން ލިބިވަޑައިގަންނަވާނެއެވެ.

 

  1. Application Form for Outstanding Health Researcher Award with Criteria for Outstanding Health Researcher Award

http://health.gov.mv/Uploads/Downloads//Forms/Forms(22).docx

 

އަދި މިއެވޯޑާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ މިމިނިސްޓްރީގެ ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު ޑިވިޜަންގެ 3014359 އާ ގުޅުއްވުމުން މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

06 ރަބީޢުލްއާޚިރު 1439

24 ޑިސެންބަރު 2017
ހޯދާ