ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ދުބާއީ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތުގެ ދަޢުވަތު

ދުބާއީ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތުގެ ދަޢުވަތު

 

ދުުބާއީގައި 1439 ވަނަ އަހަރު ރަމަޟާންމަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ފިރިހެން ބޭފުޅަކު ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށްވަނީ ލިބިފައެވެ. މި މުބާރާތުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅަކަށް ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު ޔުނައިޓެޑް ޢަރަބި އެމިރޭޓްސްއިން ދެއްވާގޮތަށްވަނީ ހަމަޖެހިފައެވެ.

 

ބައިވެރިވުމުގެ ޝަރުޠު

 

  1. ޤުރްއާން އެއްކޮށް ހިތުދަސް ފިރިހެނަކު ކަމުގައިވުން.
  2. 16 މެއި 2018 އަށް 25 އަހަރު ފުރިފައިނުވުން.
  3. މި މުބާރާތުގައި މީގެ ކުރިން ބައިވެރިވެފައިވާ ފަރާތަކަށް ނުވުން.

 

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 31 ޖެނުއަރީ 2018  ވާ ބުދަ ދުވަހުގެ 13.30 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީއާއެކު އައިޑީކާޑް ކޮޕީ ހުށަހެޅުއްވުން އެދެމެވެ. 

24 ޑިސެންބަރު 2017
ހޯދާ