މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މަލްޓި-ޕާރޕޯސް ވެހިކަލް ގިންތިކުރުމާއި ބެހޭ

އިޢުލާން

 އެކްސްޕޯޓް އަދި އިމްޕޯޓް ކުރާ މުދާ ގިންތި ކުރުމުގައި ބޭނުން ކުރާނީ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ ހާމަނައިޒްޑް ކޮމޯޑިޓީ ޑިސްކްރިޕްޝަން އެންޑް ކޯޑިންގް ސިސްޓަމް (އެޗް.އެސް) ކަމުގައި ގާނޫނު ނަންބަރު 79/31 (ރާއްޖޭގެ އެކްސްޕޯޓް/އިމްޕޯޓް ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވެއެވެ. އަދި ކަސްޓަމްސްގެ ޤާނޫނުގެ 62 ވަނަ މާއްދާގައި މުދާ ގިންތި ކުރާނީ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ ހާމަނައިޒްޑް ކޮމޯޑިޓީ ޑިސްކްރިޕްޝަން އެންޑް ކޯޑިންގް ސިސްޓަމް އާއި އެއްގޮތްވާގޮތުގެ މަތިން ކަސްޓަމްސްއިން ކަމުގައި ބަޔާންކޮށްފައިވެއެވެ.

މަތީގައި ދެންނެވުނު ޤާނޫނާ އެއްގޮތަށް މަލްޓި-ޕާރޕޯސް ވެހިކަލް ގިންތިިކުރުމުގައި އެޗް އެސް އެކްސްޕްލެނޭޓަރީ ނޯޓްސް އަށާއި ޑަބްލިއު ސީއޯގެ ނިންމުންތަކަށް ރިޢާޔަތްކުރުމަށްފަހު ވެސް، ވެހިކަލުގެ ގިންތިކަނޑައަޅަން އުނދަގޫވާ ހާލަތްތަކުގައި އެފަދަ ވެހިކަލް ގިންތިކުރާނީ މިދަންނަވާ މިންގަނޑާއެއްގޮަތަށެވެ. މިގޮތުން މިފަދަ ވެހިކަލްގެ  ފަސިންޖަރުން (ޑްރައިވަރާއެކު) އުފުލޭ  ބަރުދަނާއި މުދާ އުފުލޭ ބަރުދަނާ އަޅާ ކިޔުމަށް ފަހު، މުދާ އުފުލޭބަރުދަން ފަސިންޖަރުން އުފުލޭބަރުދަނަށްވުރެ އިތުރުވާނަމަ، އެ ވެހިކަލެއް  ގިންތި ކުރާނީ މުދާ އުފުލޭ ވެހިކަލެއްގެ ގޮތުގައިގައެވެ.  

ވީމާ، މަލްޓި-ޕާރޕޯސް ވެހިކަލް އިމްޕޯޓުކުރައްވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.

                          06  ރަބީއުލް އާޚިރު 1439 

                         24    ޑިސެންބަރު  2017

24 ޑިސެންބަރު 2017
ހޯދާ