ކުޑަފަރީ މަދަރުސާ
ދިވެހިރާއްޖެ
2018 ވަނަ އަހަރަށް ރިލީފް ޓީޗަރުން ހޯދުމަށް

މި ސްކޫލްގައި ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހުންބޭނުންވެއްޖެ އެވެ.

މަޤާމް: ރިލީފް ޓީޗަރ (ސެން)

ބޭނުންވާ އަދަދު: 01

މަޤާމް: ރިލީފް ޓީޗަރ (ޕްރައިމަރީ)

ބޭނުންވާ ޢަދަދު: 04

މަޤާމް: ރިލީފް ޓީޗަރ (އިސްލާމް )

ބޭނުންވާ ޢަދަދު: 01

މަޤާމް: ރިލީފް ޓީޗަރ (ދިވެހި )

ބޭނުންވާ ޢަދަދު: 01

މަޤާމް: ރިލީފް ޓީޗަރ (އަރަބި )

ބޭނުންވާ ޢަދަދު: 01

މަޤާމް: ރިލީފް ޓީޗަރ (ސޯޝަލް )

ބޭނުންވާ ޢަދަދު: 01

މަޤާމް: ރިލީފް ޓީޗަރ (ކްރިއޭޓިވް އާރޓް )

ބޭނުންވާ ޢަދަދު: 01

މަޤާމް: ރިލީފް ޓީޗަރ (ހެލްތް އެންޑް ޕީއީ )

ބޭނުންވާ ޢަދަދު: 01

މަޤާމް: ރިލީފް ޓީޗަރ (އެކައުންޓިން )

ބޭނުންވާ ޢަދަދު: 01

މަޤާމް: ރިލީފް ޓީޗަރ (ފިޒިކްސް )

ބޭނުންވާ ޢަދަދު: 01

 

މަޤާމް: ރިލީފް ޓީޗަރ (މެރިން ސައިންސް )

ބޭނުންވާ ޢަދަދު: 01

ޝަރުތު

މުސާރަ

އެލަވަންސް

ސާނަވީ ތަޢުލީމް ހާޞިލް ފުރިހަމަ ކުރުން ކަމަށްވާނަމަ

4500.00 ރުފިޔާ

1500.00 ރުފިޔާ

މަތީ ސާނަވީ ތަޢުލީމު ފުރިހަމަ ކުރުން ކަމަށްވާނަމަ

5500.00 ރުފިޔާ

1500.00 ރުފިޔާ

ކިޔަވައި ދިނުމުގެ ރޮގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާޞިލް ކުރުން ކަމަށްވާނަމަ

6090.00 ރުފިޔާ

2500.00 ރުފިޔާ

މަޤާމުގެ މަސްޢޫލިއްޔަތާއި ވާޖިބުތަކުގެ ޚުލާސާ:

  • ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް ކިޔަވައިދިނުން
  • ދަރިވަރުންނަށް އަމާޒުކޮށްގެން އިތުރު ޙަރަކާތްތައް ރާވައި ހިންގުން
  • ހެޔޮގޮތުގައި ކުދިން ތަރުބިއްޔަތު ކުރުން
  • ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށްޓަކައި މަސައްކަތް ކުރުން.
  • ދަރިވަރުންގެ އުޅުމާއަޚުލާގު ގައުމީމަންޙަޖާ، ދިވެހިސަގާފަތާ ސްކޫލުގެ އަމާޒާ ތަސައްވަރުގައި ބަޔާކޮށްފައިވާގޮތައް ހޭނުވުން

ހުށައަޅަންޖެހޭ މަޢުލޫމާތު

  • ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ (މުއްދަތު ހަމަނުވާ) ކޮޕީއަކާއި ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭނެ ފޯން ނަމްބަރާއިއެކު)
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ފޯމް ފުރިހަމަކުރުމަށްފަހުގައި)

އިތުރު މަޢުލޫމާތު

  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6561802 މިނަންބަރު ފޯނާއެވެ. އީ މެއިލް: [email protected]

ވަޒީފާއަށް އެދި ހުށައަޅާ ފޯމާއިއެކު ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައި ނުވާނަމަ އެފޯމް ބާޠިލްކުރެވޭނެއެވެ.

  • މި މަޤާމަށް މީހުން ނެގުމުގައި 3 ކޭ ޕްރޮގްރާމްގައި ބައިވެރިވެ ކިޔަވަމުން ގެންދަވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • މިމަޤާމަށް އިންޓަރވިއު ކުރުމަށް ޝޯޓްލިސްޓް ކުރެވޭނީ މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މިއޮފީހުން ކަނޑައަޅާ ޢަދަދެއްގެ ފަރާތްތަކެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވުނުކަން އަންގާނީ ޝޯޓްލިސްޓު ކުރެވުނު ފަރާތްތަކަށް އެކަންޏެވެ.
  • މިމަޤާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ހޮވޭ ބޭފުޅުންގެ މަޤާމް ހަމަޖައްސާނީ ތިރީގައިމިވާ ކަންތައްތަކަށް ބަލައިގެންނެވެ.
  • ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މި ސްކޫލް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް

ކަނޑައެޅިފައިވާ ގޮތުގެމަތީން އިތުރުގަޑީގެ ފައިސާ ލިބިވަޑައިގަންނަވާނެއެވެ.

ސުންގަޑި

މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން 02 ޖެނުއަރީ 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 10.00 ގެ ކުރިން މިސްކޫލަށް ފޯމް ހުށައެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށައަޅާ ފޯމާއިއެކު ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައި ނުވާނަމަ އެފޯމް ބާޠިލްކުރެވޭނެއެވެ.

އިންޓަރވިއު ކުރެވޭނެ ތަނާއި ތާރީޚް

ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާއި އިންޓަރވިއުކުރުން އޮންނާނީ 3 ޖެނުއަރީ 2018 ން 7 ޖެނުއަރީ 2018 އާ ދެމެދު ނ.ކުޑަފަރީ ސްކޫލުގައެވެ.   އިންޓަވިއުއަށް ހާޟިރުވެލައްވާއިރު ހުށައަޅުއްވާ ޑޮކިޔުމަންޓްތަކުގެ އަސްލު ގެންނެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

24 ޑިސެންބަރު 2017
ހޯދާ