ހުރާ ސްކޫލް، ކ.ހުރާ
ދިވެހިރާއްޖެ
ޕާރޓިޝަން މަރާމާތު ކުރުން

އިޢުލާން

 

މި ސްކޫލުގެ ހޯލް ޢިމާރާތުގެ ޕާރޓިޝަން މަރާމާތުކުރަން ބޭނުންވެއްޖެ.

    މި ސްކޫލުގެ ހޯލް ޢިމާރާތުގެ ޕާރޓިޝަން އަމިއްލަތަކެތީގައި މަރާމާތުކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެގެން GS142/2017/20 ނަންބަރުން (12 ޑިސެމްބަރ 2017) ގައި ކުރެވުނު އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މައުލާމާތު ސާފްކޮށްފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

މި ސްކޫލުގެ ހޯލް ޢިމާރާތުގެ ޕާރޓިޝަން އަމިއްލަތަކެތީގައި މަރާމާތުކޮށްދޭނެފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ޖެނުއަރީ 2018 ވާ އަންގާރަދުވަހުގެ 13:00 އަށް ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 ޖެނުއަރީ 2018  ވާ ހޯމަދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބިޑުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

  އެހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ރަބީޢުލްއާޚިރު  1439

 24 ޑިސެމްބަރ   2017 

24 ޑިސެންބަރު 2017
ހޯދާ