މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފްގެ އަސްކަރީ ތަމްރީނު ތަކެއްގައި ލ.ކައްދޫ، ލ.މާންދޫ، ލ.ގަން، ލ.ކަޅައިދޫ އަދި ލ.ބަރެސްދޫގައި ފްލެއަރ އެރުވުން

                                           ނަންބަރު: 2017/26

    ދަންނަވާލުމެއް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދަވާ ޢަސްކަރީ ތަމްރީނުތަކެއްގައި، 2017 ޑިސެމްބަރ 23 ން 28 އަށް ކޮންމެ ދުވަހެއްގެ 18:00 އިން ޖެހިގެން އަންނަ ދުވަހުގެ 06:00 އަށް، ލ. ކައްދޫ، ލ. މާންދޫ، ލ. ގަން، ލ. ކަޅައިދޫ އަދި ލ. ބަރެސްދޫގައި ފްލެއަރ އެރުވުމަށް ވަނީ ހަމަޖެހިފައެވެ. މިޙަރަކާތުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ބިމުން ފެށިގެން މައްޗަށް 300 މީޓަރު ދުރުމިނަށާއި ކަނޑުގެ ލޮނުގަނޑުން ފެށިގެން 300 މީޓަރުގެ އުސްމިނާ ދެމެދުގައެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.

03 ރަބީޢުލް އާޚިރު 1439                                    

21 ޑިސެމްބަރ 2017

 

 

21 ޑިސެންބަރު 2017
ހޯދާ