މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އަސްކަރީ ތަމްރީނު ތަކެއްގައި ޅ.މާފިލާފުށީގައި ފްލެއަރ އެރުވުން

                                             ނަންބަރު: 2017/25

 ދަންނަވާލުމެއް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދަވާ ޢަސްކަރީ ތަމްރީނުތަކެއްގައި، 2017 ޑިސެމްބަރ 23 ން 25 އަށް ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށް، އަދި 2017 ޑިސެމްބަރ 26 ވަނަ ދުވަހުގެ 00:00 އިން 05:59 އަށް ޅ. މާފިލާފުށީގައި ފްލެއަރ އެރުވުމަށް ވަނީ ހަމަޖެހިފައެވެ. މިޙަރަކާތުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ބިމުން ފެށިގެން މައްޗަށް 200 މީޓަރު ދުރުމިނަށާއި ކަނޑުގެ ލޮނުގަނޑުން ފެށިގެން 200 މީޓަރުގެ އުސްމިނާ ދެމެދުގައެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.

03 ރަބީޢުލް އާޚިރު 1439                                    

21 ޑިސެމްބަރ 2017

 

 

21 ޑިސެންބަރު 2017
ހޯދާ