އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާއަށް ސަރފޭސް ޕްރޯ ގަތުމަށް

އިޢުލާން

މިއިދާރާއަށް 08 ސަރފޭސް ޕްރޯ 5 ގަންނަން ބޭނުންވެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި ތަކެތި މިއިދާރާއަށް ސަޕްލައިކޮށްދެން ޝައުޤުވެރިވާ ފަރާތްތަކުން  2017 ޑިސެންބަރު 28 ވާ ބުރާސްފަތި ދުވަހުގެ  11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޖަނަވަރީ 04 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިނުވާ ފަރާތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެއެވެ. އަދި  ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށްވެސް މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުމުގެ ސެޝަންގައި ބައިވެރިނުވެވޭނެއެވެ. 

03 ރަބީޢުލް އާޚިރާ 1439

21 ޑިސެންބަރު 2017
ހޯދާ