ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ

ނަންބަރު:557/FNK/A/IUL/2017

ވަޒީފާގެ ފުރުޞަތު

  މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.

މެނޭޖަރ                       

މަޤާމް:

(1) އެކެއް

ބޭނުންވާ އަދަދު:

ހެޑް އޮފީސް / މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

ޕްރޮޖެކްޓްސް ޑިޕާރޓްމަންޓް

ޑިޕާރޓްމަންޓް:

8000ރ. ( އަށްހާސް ރުފިޔާ )

އަސާސީ މުސާރަ:

މުސާރައިގެ %40

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ޙާޒިރީ އެލަވަންސް:

މުސާރައިގެ %40

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5  (ފަހެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 3 (ތިނެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ އިތުބާރުހުރި ކުންފުންޏެއްގައި މިފެންވަރުގެ ވަޒީފާއެއްގައި ބަޔާންވެދިޔަ މުއްދަތުގެ ތަޖުރިބާ ލިބިފައިވުން

(ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 3 (ތިނެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން  ނުވަތަ

(ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ހަތެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ

(ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 (އަށެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން  ނުވަތަ

(ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 (ނުވައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން، ނުވަތަ

(ޅ) އާކިޓެކްޗަރ ނުވަތަ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީއެއް ޙާޞިލު ކޮށްފައިވުމާއެކު ގުޅުންހުރި ދާއިރާއަކުން 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

(ކ) ދިވެހި ބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު ލިޔުންތެރިކަމާއި ބަސްމޮށުންތެރިކަމުގެ ހުނަރު ހުރުން

(އ) މަސައްކަތު މާޙައުލުގައި ދިމާވާ މައްސަލަތައް ދެނެގަނެ ހައްލުކުރުމުގެ ޤާބިލުކަން ހުރުން

(ވ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން

ފެންވަރު ނުވަތަ ޝަރުތު:

ޑިޕާރޓްމަންޓުގެ އިސްވެރިންގެ އިރުޝާދުގެ ދަށުން ޑިޕާރޓްމަންޓުގައި ކުރެވޭ މަސައްކަތްތަކުގެ ފަންނީ މަސައްކަތްތައް ރާވާހިންގުމުގައި އެހީތެރިވުން، އެގޮތުން:

(ހ) ޑިޕާރޓްމަންޓްގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން އިމްޕްލިމެންޓޭޝަން ޔުނިޓްގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއި ހަވާލުކުރެވިފާއިވާ މަސްޢޫލިއްޔަތުތަކާއި ޒިންމާ ބަރާބަރަށް އަދާކުރުން

(ށ) މަޝްރޫޢުތައް ބަލަހައްޓާ ޕްރޮޖެކްޓް މެނޭޖަރުންނާއި ކޯޑިނޭޓްކޮށް މަޝްރޫޢުތަކުގެ އަޕްޑޭޓްހޯދުން

(ނ) ހިނގަމުންދާ ޕްރޮޖެކްޓެއް ބެލެހެއްޓުން ހަވާލުކުރެވިއްޖެ ޙާލަތެއްގައި، ޕްރޮޖެކްޓް މެނޭޖަރެއްގެ ދައުރު އަދާކޮށް އެޕްރޮޖެކްޓެއް މެނޭޖުކުރުން. މިގޮތުން ޕްރޮޖެކްޓްގެ ފޯކަލް ޕޮއިންޓެއްގެ ދައުރު އަދާކޮށް، ޕްރޮޖެކްޓް ކޮންޓްރެކްޓަރާއި މުޢާމަލާތުކޮށް، މަސައްކަތުގެ އަޕްޑޭޓް ހޯދުން އަދި ކޮންޓްރެކްޓް މެނޭޖްކުރުން

(ރ) ޑިޕާރޓްމަންޓްގެ އިސްވެރިންގެ އިރުޝާދުގެ ދަށުން އާކިޓެކްޗަރަލް އަދި އިންޖިނިއަރިންގ ޓެކްނިކަލް ޑްރޮއިންގ ޑްރާފްޓްކުރުން

(ބ) ކުންފުނިން ހިންގުމަށް ނިންމާފައިވާ ޕްރޮޖެކްޓްތައް ހިންގާނެ ޕްލޭނެއް އެކުލުވާލުމުގައި ޑިޕާރޓްމަންޓްގެ އިސްވެރިންނަށް މަޝްވަރާ  އާއި ލަފާ ދިނުން

(ޅ) ޑިޕާރޓްމަންޓުގެ ހިންގުމާއި ހަވާލުވެ ހުރި ފަރާތް އަންގައިފި ހިނދެއްގައި ޑިޕާރޓްމަންޓާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން

(ކ) ޑޕާރޓްމަންޓް އެންމެހައި މަސައްކަތްތަކާއި ގުޅޭގޮތުން ޑިޕާރޓްމަންޓް ހެޑަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ޑިޕާރޓްމަންޓް ހެޑްގެ އިރުޝާދުގެ ދަށުން ތައްޔާރުކުރުން

މަސްޢޫލިއްޔަތު ތައް:

 

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ  9:00 – 13:30 އަށް ލިބެންހުންނާނެއެވެ.  އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ޑިސެމްބަރ 2017 ބުދަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

  • އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
  • މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ. 

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

ވެބްސައިޓް: www.fenaka.com.mv

03 ރަބީޢުލްއާޚިރު 1439

21 ޑިސެމްބަރ    2017

 

21 ޑިސެންބަރު 2017
ހޯދާ