މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލިދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ނަމްބަރ:IUL)297/INDIV/2017/91)

އިޢުލާން

ވެލިދޫ ކައުންސިލްއިދާރާގެ ސެކިއުރިޓީ  ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.................................................

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މިއިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން 2018 ޖެނުއަރީ 01 ން 2018 ޑިސެމްބަރ 31 އަށްބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

2017 ޑިސެމްބަރ 24 ވާ އާދިއްތަ ދުވަހުގެ 10:30 ގައި

އަންދާސީ ހިސާބު ހުށަހެޅުއްވުމާއި، ކެނޑުން

2017 ޑިސެމްބަރ 27 ވާ ބުދަ ދުވަހުގެ 10:30 ގައި

 

މިކަމަށް ހުށަހަޅާ ފަރާތްތަކަކީ ޖީ.އެސް.ޓީއަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

 

v   ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ހިމަނަންޖެހޭ ކަންތައްތައް

ހ. ކުރިމަތިލައްވާ ފަރާތުގެ ޕްރޮފައިލް

ށ. މަސައްކަތް ކުރައްވަން ޚިޔާލުކުރައްވާގޮތް

ނ. ޖޮއިން ވެންޗަރނަމަ އެކަމުގެ ލިޔުން

ރ. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު އަގު ކަނޑައެޅިފައި އޮތުން. (މަހަކަށް ކަނޑައަޅާމިންވަރު)

 

v   ހުށަހަޅުއްވާ ޕްރޮފައިލްގައި ހިމަނަންޖެހޭ މަޢުލޫމާތު

ހ. ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑު ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖަހާފައި)

ނ. ކޮމްޕެނީއެއްނަމަ އުފެދުނު ތާރީޚް

ރ. ކޮމްޕެނީއެއްނަމަ ކޮމްޕެނީގެ ރަޖިސްޓްރީ ކޮޕީ

ބ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކޮށްފައިވާ ލިޔުމުގެ ކޮޕީ

ޅ. މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި އަދި މިހާރު ކުރަމުންދާ މަސައްކަތްތަކާބެހޭ މަޢުލޫމާތު

 

ނޯޓް: ޖޮއިންޓް ވެންޗަރއަކުން ޕްރޮޕޯސަލް ހުށަހަޅުއްވާނަމަ ޖޮއިންޓް ވެންޗަރ ހެދިފައިވާ ކުންފުނިތަކުގެ މަޢުލޫމާތު ވަކިން ހުށަހެޅުން.

މިމަސައްކަތަކީ ދިވެހިންނަށް ދިނުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ. އަދި މިމަސައްކަތުގައި ގެންގުޅެންވާނީ ދިވެހިންނެވެ.

މިއިއުލާނާ ގުޅިގެން މިއިދާރާއިން ކުރެވުނު ނަމްބަރު:(IUL)297/INDIV/2017/81 އިއުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިއުލާން ބާޠިލްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

                         1 ރަބީއުލްއާޚިރު 1439

                         19 ޑިސެމްބަރ 2017

19 ޑިސެންބަރު 2017
ހޯދާ