މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލިދޫ ކައުންސިލުން ރަށުގައި އުފެދޭ ކުނި އުފުލުމަށްޓަކައި ޕިކަޕެއް ގަންނަން ބޭނުންވެއްޖެ

ނަމްބަރ: IUL)297/INDIV/2017/90)

އިޢުލާން

ވެލިދޫ ކައުންސިލުން ރަށުގައި އުފެދޭ ކުނި އުފުލުމަށްޓަކައި ޕިކަޕެއް ގަންނަން ބޭނުންވެއްޖެ

ވެލިދޫ ކައުންސިލުން ވެލިދޫގައި އުފެދޭކުނި އުފުލުމަށްޓަކައި ޕިކަޕް ހޯދަންވަނީ ބޭނުންވެފައެވެ.

ވީމާ ވެލިދޫ ކައުންސިލްގެ އިދާރާއިން އެޑްވާންސްކޮށް އެއްވެސް ފައިސާއެއް ޚަރަދުނުކޮށް ތިރީގައި މިދަންނަވާ ގޮތަށް ޕިކަޕް ވިއްކަން އެދޭ ފަރާތްތަކުން 27 ޑިސެމްބަރ 2017ވާ ބުދަ ދުވަހު 10:00އަށް ވެލިދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ކުންފުންޏަކުންނަމަ ކުންފުނިން އަންދާސީ ހިސާބު ހުށަހަޅަންފޮނުވާ ފަރާތެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

މަޢުލޫމާތު

  1. ޕިކަޕް ވިއްކަން އެދޭއަގު
  2. ވެލިދޫ ކައުންސިލްގެ އިދާރާއަށް ޕިކަޕް ފޯރުކޮށްދެވޭނެ އަގު
  3. ވެލިދޫ ކައުންސިލްގެ އިދާރާގެ ނަމަށް ރަޖިސްޓްރީކޮށް ނިންމާދެވޭނެ އަގު
  4. ވެހިކަލްއަށް ދޭ ވޮރަންޓީ

 

ޕިކަޕާބެހޭ މަޢުލޫމާތު

  • ބްރޭންޑް:(TOYOTA JAPAN/ISUZU) ޓޮޔޯޓާ ޖަޕާން/އިސުޒު 2011ވަނަ އަހަރުން ފަހުގެ އުފެއްދުމެއް
  • ޢަދަދު: 1
  • ބަރުދަން: ½1 ޓަނު
  • ތެޔޮ: ޑީސަލް

މިއިއުލާނާ ގުޅިގެން މިއިދާރާއިން ކުރެވުނު ނަމްބަރު:(IUL)297/INDIV/2017/86 އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް އަގުބޮޑުކަމަށްފެންނާތީ އެއިއުލާން ބާޠިލްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

                         1 ރަބީއުލްއާޚިރު 1439

                         19 ޑިސެމްބަރ 2017

19 ޑިސެންބަރު 2017
ހޯދާ