ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

މަޤާމް:

އޮފީސް އެސިސްޓެންޓް

ރޭންކް:

CSC1-1

ކްލެސިފިކޭޝަން:

ސީ.އެސް.ސީ ސަޕޯޓް އޮފިޝަލްސް

ސެކްޝަން:

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް

ސެކްޝަން މައިގަނޑު މަސައްކަތް:

ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުންނަށް ޕްރޮފެޝަނަލް ޕްރޮގްރާމްތައް ތައްޔާރުކޮށް ތަމްރީން ދިނުން

މުސާރަ:

މަހަކު -/3470 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/1000 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 1214/50 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ގިންތި:

ވަގުތީ  (25 ފެބުރުވަރީ 2018 ގެ ނިޔަލަށް. މަސައްކަތައް ރަނގަޅުނަމަ، އެއްބަސްވުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.)

 

އަސާސީ ޝަރުތު:

ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން

މަޤާމްގެ މަސްއޫލިއްޔަތާއި ވާޖިވުތަށް:

  1. ރަސްމީ ކޮންމެ ދުވަހަކު އޮފީސްތެރެ ކުނިކަހާ ފޮޅާ ސާފުކުރުން. މީގެ ތެރޭގައި އޮފީހުގެ ހުރިހާ ކުނިވަށިގަނޑުތަކާއި، އޮފީސްތެރޭގައި ހުންނަ ކުނިތައް ސާފުކުރުންވެސް ހިމެނެއެވެ.
  2. ރަސްމީ ކޮންމެ ދުވަހަކު އޮފީހުގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.
  3. އޮފީހުގެ މައި ދޮރާށި ސަރަހައްދުގެ ދޮރާއި ދޮރުކަނި އަދި ބިއްލޫރިތައް އަދި ވަކިވަކި ފަންގިލފިލާތަކަށް އަރަން ބޭނުންކުރާ ހުރިހާ ސިޑިތަކެއް ރީތިކޮށް ސާފުކޮށް ބެލެހެއްޓުން.
  4. އޮފީހުގެ ފާހަނާތަކުގައި ބޭނުންކުރާ ތަކެތި ހުސްނުވާނެ ނިޒާމެއްގެ ދަށުން ސްޕަވައިޒަރު މެދުވެރިކޮށް ހޯދައި، އެފަދަތަކެތި އަބަދުވެސް ފާހަނާތެރޭގައި ހުސްނުވެ ހުންނަކަން ޔަޤީންކުރުން.
  5. ރަސްމީ ކޮންމެ ދުވަހަކު ވާކް ސްޓޭޝަންތައް ސާފުކޮށް ބެލެހެއްޓުން.
  6. ރަސްމީ ކޮންމެ ދުވަހަކު އޮފީހުގެ ބިއްލޫރި ދޮރުތަކާއި، ދޮރުކަނިތައް ސާފުކޮށް ބެލެހެއްޓުން.
  7. ރަސްމީ ކޮންމެ ދުވަހަކު އޮފީހުގެ ޖަލްސާކުރާ މާލަންތަކާއި ތަމްރީނުދޭ ކޮޓަރިތައް އަދި އެހެނިހެން ތަންތަން ފޮޅައި ސާފުކޮށް، އިންތިޒާމުކޮށް ބެލެހެއްޓުން.
  8. ތަމްރީނު ޕްރޮގްރާމްތަކާއި، ޖަލްސާ ސެމިނަރފަދަ ހަރަކާތްތަކަށް ސައި/ކޮފީ ތައްޔާރުކުރުން.
  9. ތަމްރީނު ޕްރޮގްރާމްތަކާއި، ޖަލްސާ ސެމިނަރފަދަ ހަރަކާތްތަކަށް ސައި/ކޮފީ ތައްޔާރުކުރުމަށް ބޭނުންވާ ތަށި ސަމްސާ ދޮވެ، ސައި/ކޮފީ ތައްޔާރުކުރުމަށް ހޫނު ފެން ލިބޭނެ އިންތިޒާމާއި އެކަމަށް ހަމަޖައްސަންޖެހޭ އެހިނިހެން އިންތިޒާމްތައް ހަމަޖެއްސުން.
  10. އޮފީހުގެ މުވައްޒަފުން ރަސްމީގަޑީގައި ބޭނުންވާ ކަންތައްތަކުގައި އެހީތެރިވެދިނުން. މީގެތެރޭގައި ސްޕަވައިޒަރު ކަނޑައަޅާ އިންތިޒާމެއްގެ ދަށުން މުވައްޒަފުންއެދޭ ކާބޯތަކެތި ހޯދައިދިނުން.
  11. އޮފީސް ހުޅުވާ ލެއްޕުން އަދި ތަޅުދަނޑި އަޅުވަން ކަނޑައެޅިފައިވާ ތަނުގައި ތަޅުދަނޑި އެޅުވުން.
  12. އޮފީހަށް ގެންނަން ބޭނުންވާ ތަކެއްޗާއި ގެންދަންޖެހޭ ތަކެތި ގެނައުމާއި ގެންގޮސްދިނިން.
  13. ތަމްރީނު ޕްރޮގްރާމްތަކާއި، ޖަލްސާ ސެމިނަރފަދަ ހަރަކާތްތަކަށް ހޯލް ތައްޔާރުކުރުން.
  14. ޙަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.
  15. ކޮމިޝަނުގެ އިދާރާއިން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  16. ކޮމިޝަންގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  17. އިދާރީ މަސައްކަތުގައި ސެކްޝަނުގެ މުވައްޒަފުންނަށް އެހީތެރިވެ ދިނުން.
  18. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

28 ޑިސެންބަރު 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް އަދި ޗެކް ލިސްޓް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު އަދި ޗެކް ލިސްޓް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: 30)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: 15)
  • ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައެޅިފައިވާ އިން ސައްތަ: 55)

 

ޝޯޓް ލިސްޓް ކުރެވޭނެ ކްރައިޓީރިއާ:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލްކަން ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާން  އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާން 2017  ޑިސެންބަރު 31 އާއި 2018 ޖަނަވަރީ 11 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ) މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

 

 

01 ރަބީޢުލްއާޚިރު 1439ހ

19  ޑިސެންބަރު  2017މ                                   

19 ޑިސެންބަރު 2017
ހޯދާ