ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އެގްޒެކެޓިވް

މަޤާމު:

ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އެގްޒެކެޓިވް

ރޭންކު:

CSC4-1

ކްލެސިފިކޭޝަން:

ސީ.އެސް.ސީ. ޕްރޮފެޝަނަލްސް

ސެކްޝަން:

ރެކްރޫޓްމަންޓް 

ސެކްޝަން މައިގަނޑު މަސައްކަތް:

ސިވިލް ސަރވިސްގެ އިދާރާތަކުގެ ވަޒީފާތަކާ ގުޅޭ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން.

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު -/3000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 2203/25 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ

އަސާސީ ޝަރުތު:

މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗެލަރސް ޑިގްރީ ނުވަތަ އޮނަރސް ޑިގްރީ (ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް) ހާސިލްކޮށްފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މުވައްޒަފުން އައްޔަނު ކުރުމާއި، ބަދަލުކުރުމާއި، ވަޒީފާއިން ވަކި ކުރުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާ ގުޅޭ އެންމެހައި މަސައްކަތްތައް އިދާރާތަކުން ކުރާގޮތް މޮނިޓަރކޮށް، ގަވާއިދާއި އުޞޫލުތަކާ އެއްގޮތަށް އެ މައްސަލަތައް ނިންމުން.
  2. ސިވިލް ސަރވިސްގެ ވަޒީފާތަކާއި ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ކޮމިޝަނުގެ ލަފާގެ މަތިން ނިންމަންޖެހޭ ކަންތައްތައް ނިންމުން.
  3. ސިވިލް ސަރވިސްގެ މަގާމުތައް ރިޒާވްކުރުމާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް ނިންމުން.
  4. ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން މުސްކުޅިކޮށް ވަކިކޮށް ދިނުމަށް އެދި ހުށަހަޅާ މައްސަލަތައް ނިންމުން.
  5. ސިވިލް ސަރވިސްގެ ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުން ވަކިކޮށް ދިނުމަށް އެދި ހުށަހަޅާ މައްސަލަތައް ނިންމުން.
  6. ސިވިލް ސަރވިސްގެ މުވައްޒަފުން އައްޔަނު ކުރުމާއި، ބަދަލުކުރުމާއި، ވަޒީފާއިން ވަކި ކުރުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ވަޒީފާއިން މުސްކުޅިކުރުމާ ގުޅޭ މަސައްކަތްތައް ނިންމުމުގައި އިދާރާތަކުން އިހުމާލުވާ ކަންކަން ބަލައި ކޮމިޝަނުގެ ސަމާލުކަމަށް ގެނައުން.
  7. ސިވިލް ސަރވިސްގެ ވަޒީފާގައި ތިބި މުވައްޒަފުންގެ ތެރެއިން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް މެދުވެރިވެގެން ސިވިލް ސަރވިސްގައި ނުހިމެނޭ މުވައްޒަފުންގެ ގޮތުގައި ކަނޑައެޅޭ މުވައްޒަފުންނަކީ ސިވިލް ސަރވިސްގައި ނުހިމެނޭ ބައެއްކަން އެންގުމަށްޓަކައި ކޮމިޝަނުން ކުރަންޖެހޭ މަސައްކަތް ކުރުން.
  8. ސިވިލް ސަރވިސްގެ ރެކްރޫޓްމަންޓް ޕްރޮސެސްތަކުގެ ތެރެއިން ފާހަގަ ކުރެވޭ އާންމު ކަންތައްތަކާ އެ ކަންތައްތައް ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި އެޅިދާނެ ފިޔަވަޅުތައް ބަލައި، ކޮމިޝަނުގެ ކަމާގުޅޭ ސެކްޝަންތަކާއި ސިވިލް ސަރވިސްގެ އިދާރާތަކުގެ ސަމާލުކަމަށް އެ ކަންކަން ގެނައުން.
  9. ސިވިލް ސަރވިސްގެ އިދާރާތަކުގެ ވަޒީފާއާ ބެހޭ މަސައްކަތްތަކާ ގުޅޭގޮތުން ސިވިލް ސަރވިސްގެ އިދާރާތަކާއި މުވައްޒަފުންގެ މެދުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގައި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.
  10. ސިވިލް ސަރވިސްގެ އިދާރާތަކުގެ ވަޒީފާތަކާ ގުޅޭގޮތުން އިދާރާތަކުންނާއި އަމިއްލަ ފަރާތްތަކުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކަށް ޖަވާބުދިނުން.
  11. ސިވިލް ސަރވިސްގެ ވަޒީފާތަކުގެ މުސާރައާއި އިނާޔަތްތަކުގެ އޮނިގަނޑ އެކުލަވާލުމާއި ގުޅިގެން މުވައްޒަފުންގެ ރަޖިސްޓްރީތަކަށް ގެންނަންޖެހޭ ބަދަލުތައް ބަލައި، އެ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނެގޮތް ރާވައި "ސީއެސް ވިއުގަ 2.0" އިން އެޕްރޫވްކުރުން.
  12. ސިވިލް ސަރވިސްގައި ހިމެނޭ އޮފީސްތަކުގެ އިދާރީ އޮނިގަނޑު މުރާޖަޢާކޮށް އެންގުމުން އިދާރާތަކުގެ ރަޖިސްޓްރީތަކަށް ގެންނަންޖެހޭ ބަދަލުތައް ބަލައި، އެ ބަދަލުތައް ގެނައުމުގެ މަސައްކަތްކުރުމާއި އެޕްރޫވްކުރުން.
  13. ވަޒީފާއާބެހޭ ޓްރައިބިޔުނަލުން ނުވަތަ ކޯޓުތަކުން ނިންމާ ނިންމުންތަކާ ގުޅިގެން ތަންފީޒުކުރުމަށް އަންގާ ކަންތައްތައް ތަންފީޒުކުރުމަށް ހަވާލުކުރެވިފައިވާ އިދާރާތަކަށް އެންގުމާ ގުޅޭ ގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  14. "ސީއެސް ވިއުގަ 2.0" ގެ ތެރެއިން ހުށަހަޅާ މައްސަލަތައް ނިންމުން.
  15. "ސީއެސް ވިއުގަ 2.0" ގެ މޮޑިއުލްތައް ޑިވެލޮޕްކޮށް ފުރިހަމަކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
  16. "ސީއެސް ވިއުގަ 2.0" ގެ އެކްސެސް ދެވިފައިނުވާ އިދާރާތަކުން ނިންމާ ވަޒީފާގެ މައްސަލަތަކުގެ މައުލޫމާތު "ސީއެސް ވިއުގަ 2.0" އަށް އަޕްޑޭޓްކުރުން.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

28 ޑިސެންބަރު 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %30)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: 15)
  • ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައެޅިފައިވާ އިން ސައްތަ: %55)
  • އެޕްޓިޓުއުޑް ޓެސްޓް - 10
  • ޕްރެކްޓިކަލްސް - 10
  • އިންޓަވިއު އަދި ޕްރެޒެންޓޭޝަން - 35

 

ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލުކަމަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު 2017  ޑިސެންބަރު 31 އާއި 2018 ޖަނަވަރީ11 އާދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ/މާލެ) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

  

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ.

 

 

01 ރަބީޢުލްއާޚިރު 1439ހ

19  ޑިސެންބަރު  2017މ                                   

19 ޑިސެންބަރު 2017
ހޯދާ