ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އެސިސްޓަންޓް ކަސްޓަމަރ ރިލޭޝަންސް އެގްޒެކެޓިވް

މަޤާމު:

އެސިސްޓަންޓް ކަސްޓަމަރ ރިލޭޝަންސް އެގްޒެކެޓިވް

ރޭންކު:

CSC2-1

ކްލެސިފިކޭޝަން:

ސީ.އެސް.ސީ. އެސޯސިއޭޓް ޕްރޮފެޝަނަލްސް

ސެކްޝަން:

އެޑްމިނިސްޓްރޭޝަން 

ސެކްޝަން މައިގަނޑު މަސައްކަތް:

ސިވިލް ސަރވިސްގެ އިދާރާގެ ފްރަންޓްއޮފީސް އަދި އިދާރީ  މަސައްކަތްތައް ރާވާ ހިންގުން.

މުސާރަ:

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު -/3000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 1757 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

2 (ދޭއް)

ގިންތި:

ދާއިމީ

އަސާސީ ޝަރުތު:

މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ،

މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައި ވުމާއެކު، 2 މާއްދާއިން "އީ" ގްރޭޑް ލިބިފައިވުން

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކޮމިޝަނުގެ އިދާރާގެ ކައުންޓަރުގެ ޚިދުމަތަކީ ޚިދުމަތް ހޯދާ ފަރާތްތަކުގެ މަޤުބޫލުކަން ލިބޭނެފަދަ ގޮތަކަށް ޚިދުމަތްދޭ ތަނެއްކަން ޔަގީންކުރުން.
  2. ކޮމިޝަނުގެ އިދާރާގެ ކައުންޓަރުގެ ޚިދުމަތް ރަގަނޅުކޮށް ޒަމާނީކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
  3. ކޮމިޝަނުގެ އިދާރާގެ ކައުންޓަރުގެ ޚިދުމަތް އެއްފެންވަރެއްގައި ދިނުމަށްޓަކައި އެސް.އޯ.ޕީ ތައް އެކުލަވައިލުން.
  4. ކޮމިޝަނަށް އަންނަ ސިޓީ/ފެކްސް/ތަކެތި ބަލައިގަތުމާއި، ކޮމިޝަނުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީ/ތަކެތި އެފަރާތްތަކަށް ރައްދުކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
  5. ކޮމިޝަނަށް އަންނަ އާންމު ފޯނުކޯލުތަކަށް ޖަވާބުދާރީވުމާއި، އެކިކަންކަމާއި ގުޅިގެން އަންނަ ފޯނުކޯލުތައް އެކަމަކާ ގުޅޭ ސެކްޝަނަކަށް ނުވަތަ ފަރާތަކަށް ރައްދުކޮށްދިނުން.
  6. ކޮމިޝަނަށް އެކި ބޭނުންތަކުގައި އަންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  7. ކޮމިޝަނުގެ އިދާރީ މަސައްކަތްތަކުގެ ރެކޯޑު، ފަސޭހައިން ރައްކާކުރެވޭ އަދި ރިޓްރީވް ކުރެވޭނެ ފައިލިންގް ސިސްޓަމެއް ޤާއިމްކޮށް ބެލެހެއްޓުން.
  8. ކޮމިޝަނުގެ ކޮންމެ އަހަރެއްގެ އަހަރީ ރިޕޯޓް ތައްޔާރުކުރުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި އާންމުކުރުން.
  9. ކޮމިޝަނުން ރަސްމީގޮތުން އަތޮޅުތަކަށާއި ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގެ އިންތިޒާމާއި، ޕްރޮޓޮކޯލް ހަމަޖެއްސުން.
  10. ކޮމިޝަނުން އިންތިޒާމުކޮށްގެން ބާއްވާ ޖަލްސާ/ހަފްލާ ތަކުގެ އިންތިޒާމުތައް ހަމަޖެއްސުން.
  11. ކޮމިޝަނުން ބޭނުންކުރަމުންދާ އަސާސީ ޚިދުމަތްތަކުގެ (ފޯނު، ފެން، ކަރަންޓް އަދި އިންޓަނެޓް ފަދަ ޚިދުމަތްތައް) މެދުނުކެޑި އަދި ޚަރަދު ކުޑަވާނޭ ފަދަ ނިޒާމެއްގެ ދަށުން ޤާއިމްކޮށް ބެލެހެއްޓުން.
  12. ކޮމިޝަން އިދާރާގެ ސެކްޝަންތަކުން ބޭނުންވެގެން އެދޭ ސްޓޭޝަނަރީ، ކޮންސިއުމަބްލްސްއާއި، އެސެޓްތަކުގެ ރިކުއެސްޓްތައް ބަލައިގަނެވޭނެ ނިޒާމެއް ޤާއިމްކޮށް ހިންގައި ބެލެހެއްޓުމާއި، އެގޮތަށް ލިބޭ ރިކުއެސްޓްތައް ވަޒަންކޮށް، ކޮންމެހެން ހޯދަންޖެހޭކަމަށް ކަނޑައަޅާ ތަކެތި ހޯދުމާ ގުޅޭގޮތުން ކަމާބެހޭ މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުން.
  13. ކޮމިޝަނުގެ ބޭނުމަށް ހޯދިފައިވާ ތަކެތީގެ ސްޓޮކް ބެލެހެއްޓުން.
  14. ކޮމިޝަނުގެ ޓްރަސްޓް ފަންޑު ބަލަހައްޓައި، ފަންޑާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ބެލެހެއްޓުން.
  15. ހަވާލުކުރެވޭ މަސައްކަތްތަކާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

28 ޑިސެންބަރު 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %30)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: 15)
  • ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައެޅިފައިވާ އިން ސައްތަ: %55)
  • އެޕްޓިޓުއުޑް ޓެސްޓް - 10
  • ޕްރެކްޓިކަލްސް - 10
  • އިންޓަވިއު އަދި ޕްރެޒެންޓޭޝަން - 35

 

ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލުކަމަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު 2017  ޑިސެންބަރު 31 އާއި 2018 ޖަނަވަރީ11 އާދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ/މާލެ) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ.

 

 

01 ރަބީޢުލްއާޚިރު 1439ހ

19  ޑިސެންބަރު  2017މ                                

19 ޑިސެންބަރު 2017
ހޯދާ