ފޭދޫ ސްކޫލް/ސ.ފޭދޫ
ދިވެހިރާއްޖެ
2018 ވަނަ އަހަރު ޕްރީސްކޫލް މަރުހަލާއަށް ބޭނުންވާ ސްޓޭޝަނަރީ ގަތުމާއި ގުޅޭ

އިޢުލާން

2018 ވަނަ އަހަރު ޕްރީސްކޫލް މަރުހަލާއަށް ބޭނުންވާ ސްޓޭޝަނަރީ ގަތުމާއި ގުޅޭ

މިސްކޫލުން 2018 ވަނަ އަހަރު ޕްރީސްކޫލް މަރުހަލާއަށް ބޭނުންވާ ސްޓޭޝަނަރީ ގަތުމާއި ގުޅޭގޮތުން ކުރި ނަންބަރ (IUL)GS45/2017/036 އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ އެންމެ 02 ފަރާތުން ކަމަށްވާތީ އެއުލާން ބާތިލުކޮށް އަލުން އިއުލާން ކުރަމެވެ.

2018 ވަނަ އަހަރު ޕްރީސްކޫލް މަރުހަލާގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ގަތުމަށް ބޭނުންވެއެވެ.

ވީމާ، މިތަކެތި ވިއްކުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީހަށް ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީހަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

25 ޑިސެމްބަރ 2017 (ހޯމަ) ދުވަހުގެ 10:00 ގައި ސްކޫލް އޮފީހުގައި

28 ޑިސެމްބަރ 2017 (ބުރާސްފަތި) ދުވަހުގެ 10:00 ގައި ސްކޫލް އޮފީހުގައި

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ޤަބޫލުނުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ6892546  ނަންބަރު ފޯނާއެވެ.

 

01 ރަބީއުލްއާހިރު 1439

19 ޑިސެންބަރ 2017

19 ޑިސެންބަރު 2017
ހޯދާ