ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި އަދި މަރުކަޒުގެ ގޮފި ތަކުގައި ކިޔަވައިދެއްވާނެ ރިސޯސް މުދައްރިސުން ހޯދުމަށް ބޭނުންވެއެވެ.

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި އަދި މަރުކަޒުގެ ގޮފި ތަކުގައި ކިޔަވައިދެއްވާނެ ރިސޯސް މުދައްރިސުން ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ ޢަދަދު: 30

 

މުސާރަ:       އެމް. އެން. ކިޔު. އެފް ލެވެލް 5 ން ފެށިގެން މަތީ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/150 ރުފިޔާ

              އެމް. އެން. ކިޔު. އެފް ލެވެލް 7 ން ފެށިގެން މަތީ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/200 ރުފިޔާ

             އެމް. އެން. ކިޔު. އެފް ލެވެލް 9 ން ފެށިގެން މަތީ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/250 ރުފިޔާ

ޙާފިޡެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/150 ރުފިޔާ

 

ޝަރުޠު:      ޤުރްއާން، ޢަރަބި، އިސްލާމް އަދި އިސްލާމީޘަޤާފާއާ ގުޅުންހުރި ދާއިރާއަކުން އެމް. ކިޔު. އޭ ލެވެލް 5 ންފެށިގެން މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން

 

   މުއްދަތު:    ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށެވެ.

 

 

                  ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2017 ޑިސެމްބަރ 28 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ( އެޓެސްޓް ކުރެވިފައިވާ ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއެކު މި މަރްކަޒަށް ސިޓީފޮނުއްވުން އެދެމެވެ. މުއްދަތު ހަމަވިކަމުގައިވިޔަސް މަރުކަޒަށް ބޭނުންވާ މުދައްރިސުންގެ ޢަދަދު ހަމަވަންދެން މުދައްރިސުން ނަގަމުން ގެންދާނެއެވެ. ޢަރަބިބަސް ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

19 ޑިސެންބަރު 2017
ހޯދާ