މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކަނޑުމަހުގެ ދިގުމިނުގެ ހިސާބު ނެގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ބޭނުންވެއްޖެ - ޓޫނާ ސާމްޕްލަ

ކަނޑުމަހުގެ ދިގުމިނުގެ ހިސާބު ނެގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ބޭނުންވެއްޖެ - ޓޫނާ ސާމްޕްލަރ 

މިމިނިސްޓްރީގެ ނަމްބަރު:(IUL)30-A4/30/2017/188  (12 ޑިސެމްބަރ 2017) އިޢްލާނުގައިވާ ޓޫނާ ސާމްޕްލަރ  މަޤާމުގެ މަސައްކަތައް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތަކަށް ބަދަލު ގެނެވިފައި ވާތީ އެއިޢްލާން ބާޠިލް ކޮށް އަލުން އެމަޤާމަށް އިޢްލާންކުރަމެވެ.

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހިންގޭ [މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުން ހިންގޭ ކަނޑުމަސްވެރިކަމުގެ މަޢުލޫމާތު ނެގުމުގެ ޕްރޮގްރާމްގެ ދަށުން ލ. މާންދޫ ބަނދަރުގައި ތިރީގައި ބަޔާން ކުރެވިފައިވާ  މަސައްކަތްތައް ކުރަމަށް ޝައުގެވެރިވާފަރާތެއް ހޯދުމަށް އެދި މިމިނިސްޓްރީއިން ހުޅުވާލަމެވެ.

މަޤާމް:               ޓޫނާ ސާމްޕްލަރ

ބޭނުންވާ ޢަދަދު:           2 (ދޭއް)

މުއްދަތު:               މަސައްކަތު އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 1 އަހަރުދުވަސް

އުޖޫރަ:                މަސައްކަތްކުރާ ކޮންމެ މަހަކަށް 4000/- ރުފިޔާ  (މަސައްކަތް ނުކުރާ ދުވަސްތަކަށް ކަނޑައެޅޭ އުޞޫލެއްގެ މަތިން އުޖޫރައިން އުނިކުރެވޭނެއެވެ)

މަސައްކަތް ކުރަންޖެހޭ ތަން:        ލ. މާންދޫ މަސްގަންނަ ބަނދަރު

ކުރަންޖެހޭ މަސައްކަތް:

  • މަސްގަންނަ ބަނދަރަށް ލަފާ ދޯނިތަކުގެ ތެރެއިން، ދުވާލަކު 2 ދޯނިން ގެންނަ މަހުގެ 20% މަހުގެ ދިގުމިނުގެ ހިސާބު ނެގުން. މި މަސައްކަތްކުރާނީ ހަފްތާއަކު 5 ދުވަހުއެވެ.
  • މަސްގަންނަ ބަނދަރަށް ލަފާ ދޯނިތަކުގެ ތެރެއިން ދުވާލަކު 3 ދޯނީގެ މަސްވެރިކަމުގެ މަޢުލޫމާތު ނަގާ ލޮގް ފޮތް  ފުރިތޯބަލައި، އަދި ލޮގްފޮތް ފުރުމުގައި ދޯނީގެ ކެޔޮޅަށް އެހީތެރިކަން ދިނުން. މި މަސައްކަތް ކުރާނީ ހަފްތާއަކު 5 ދުވަހުއެވެ.
  • މަސްވެރިކަމާއިގުޅޭ އެހެނިހެން މަޢުލޫމާތު ނެގުމުގައި އެހީތެރިވެދިނުން. 

މަސައްކަތްކުރާ ފަރާތުގެ ޝަރުތު:

  • ޖީ ސީ އީ އޯލެވެލް ނުވަތަ ސެޓްފިކެޓް 3 ނިންމާފައިވުން

މިމަސައްކަތް ކުރުމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:

  • ލ. މާންދޫ ބަނދަރުގައި މަސައްކަތުގައި ދެމި ހުރެވޭނޭ މީހަކަށްވުން
  • ޝައުގުވެރިކަމާއިއެކު މިމަސައްކަތް ކުރާނެ ފަރާތެއް ކަމުގައިވުން

މި މަސައްކަތް ކުރުމަށްޓަކައި ކެޔޮޅު ނުވަތަ އޮޑިވެރި ފަރާތުގެ ހުއްދަ ނެގުމާއި، އެހީތެރިކަން ހޯދުމަކީ މި މަސައްކަތައް ހޮވޭ ފަރާތެއްގެ ޒިންމާއެކެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މި މަސައްކަތައް އެދި ހުށަހަޅާ ސިޓީ
  2. މިމަސައްކަތައް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ ކޮޕީ 

މަސައްކަތައް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 28 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް، (މެރިން ރިސާޗް ސެންޓަރ އިމާރާތް، ހ. ވައިޓްވޭވްސް، މޫންލައިޓް ހިނގުން) ނުވަތަ މިމިނިސްޓްރީއަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން: 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު  3322328  ފޯނާއި ގުޅުއްވުން އެދެމެވެ. 

            01 ރަބީޢުލްއާޚިރު 1439

            18 ޑިސެމްބަރ   2017

19 ޑިސެންބަރު 2017
ހޯދާ