ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑްރާފްޓްސްމަން

       

              

ނަންބަރު:FNK/A/IUL/2017/555

ވަޒީފާގެ ފުރުޞަތު

    މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.

ޑްރާފްޓްސްމަން

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ޕްރޮޖެކްޓްސް ޑިޕާރޓްމަންޓް

ޑިޕާރޓްމަންޓް:

ހެޑް އޮފީސް / ކ.މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

ތަޢުލީމީ ސެޓްފިކެޓްތަކަށާއި މަސައްކަތު ތަޖުރިބާއަށް ބެލުމަށްފަހު،ދެފަރާތުން އެއްބަސްވާގޮތުގެ މަތިން

އަސާސީ މުސާރަ:

(ހ) ސެޓްފިކެޓް ލެވެލް 4 ހާސިލް ކޮށްފައިވުން ( ގުޅުންހުރި ދާއިރާއަކުން)

(ށ) ގުޅުންހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާލިބިފައިވުން

(ނ) ފަންނީއެހީތެރިކަން ފޯރުކޮށްދިނުމާއި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ތަޖްރިބާލިބިފައިވުން

ފެންވަރު ނުވަތަ ޝަރުތު:

(ހ) ޑިޕާޓްމަންޓްގެ އެންމެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ޑިވިޜަންގައި ކުރެވޭ މަސައްކަތްތަކުގެ ފަންނީ މަސައްކަތްތައް ރާވާހިންގުން، އެގޮތުން

(1) އާރކިޓެކްޗަރަލް، ސްޓްރަކްޗަރަލް އަދި ސަރވިސަސް ކުރެހުންތައް ޑްރާފްޓްކުރުން

(2) ރޭވިފައިވާ މަޝްރޫޢުތަކުގެ ސައިޓް ސަރވޭކޮށް އެނަލައިޒް ކުރުން

(3) ހަވާލު ކުރެވޭ މަޝްރޫޢުތަކުގެ 'އޭޒް ބިލްޓް' ކުރެހުން ހެދުން

(4) ގުޅުން ހުރި މަސައްކަތްތަކާއި ގުޅޭ ރިޕޯރޓް ތައްޔާރުކުރުން

(5) ޑިޕާޓްމަންޓްގެ އެހެނިހެން ފަންނީ މަސައްކަތްތައް ކުރުން

 

މަސްޢޫލިއްޔަތު ތައް:

(ހ) ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން.

(ށ) ރިޕޯޓު ލިޔުމުގެ ހުނަރު އަދި ދިރާސާ ކުރުމުގެ ހުނަރު ލިބިފައިވުން

(ނ) ދެވިފައިވާ ލަނޑުދަނޑިތަކަށް މަސައްކަތްކޮށް ނަތީޖާނެރުމުގެ ހުނަރު ލިބިފައިވުން

(ރ) ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭ އަދި ކަނޑުދަތުރުފަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވުން

(ބ) އަމިއްލައަށް އިސްނެގުމާއި ތަފާތުނަސްލުތަކުގެ މީހުނާއެކު މަސައްކަތް ކުރުމުގެ ގާބިލްކަން ލިބިފައިވުން

އެހެނިހެން ހުނަރު:

 

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ  09:00 – 13:30އަށް ލިބެންހުންނާނެއެވެ.  އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތް ނަމަ އިންޓަރވިއުއާއި، ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ޑިސެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

  • އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
  • މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

 

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

ވެބްސައިޓް: www.fenaka.com.mv

01 ރަބީޢުލްއާޚިރު 1439

19 ޑިސެމްބަރ 2017

 

 

19 ޑިސެންބަރު 2017
ހޯދާ