ދިވެހިރާއްޖެ
މި ޔުނިވަރސިޓީގެ އިޢުލާން ނަންބަރު: 170-B/I/2017/130 އަށް އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ލިބިފައިނުވާތީވެ އެ އިޢުލާނު ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޑިސެމްބަރު 2017 ވާ އާދިއްތަ ދުވަހުގެ10:00 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 28 ޑިސެމްބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައެވެ.
މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3022115 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
|
|