މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ކ.ގިރިފުށީގައި އެމް.އެން.ޑީ.އެފްގެ އަސްކަރީ ތަމްރީނު ކުރިއަށް ގެންދިއުން

                                                    ނަންބަރު: 2017/24

ދަންނަވާލުމެއް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދަވާ އަސްކަރީ ތަމްރީނުތަކެއްގައި 2017 ޑިސެމްބަރ 17، 18 އަދި 19 ވަނަ ދުވަހުގެ 18:30 އިން 21:00 އަށް ކ. ގިރިފުށީގައި ނައިޓް ފަޔަރިންގ ތަމްރީނުތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޙަރަކާތުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ކ. ގިރިފުށީގެ ހުޅަނގު-ދެކުނަށް 1500 މީޓަރު ދުރުމިނަށާއި ކަނޑުގެ ލޮނުގަނޑުން ފެށިގެން 30 މީޓަރުގެ އުސްމިނާ ދެމެދުގައެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.

29 ރަބީޢުލްއައްވަލް 1439                                    

17 ޑިސެމްބަރ 2017

17 ޑިސެންބަރު 2017
ހޯދާ