މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އަސްކަރީ ތަމްރީން

                        ދަންނަވާލުމެއް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދަވާ އަސްކަރީ ތަމްރީނުތަކެއްގައި 2017 ޑިސެމްބަރ 23 އަދި 24 ވަނަ ދުވަހުގެ 18:00 އިން 23:59 އަށް ލ.ކައްދޫގައި ނައިޓް ފަޔަރިންގ ތަމްރީނުތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޙަރަކާތުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ލ.ކައްދޫ އިން އިރު-ދެކުނަށް 3000 މީޓަރު ދުރުމިނަށާއި ކަނޑުގެ ލޮނުގަނޑުން ފެށިގެން 300 މީޓަރުގެ އުސްމިނާ ދެމެދުގައެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.

23 ރަބީޢުލްއައްވަލް 1439

11 ޑިސެމްބަރ 2017

11 ޑިސެންބަރު 2017
ހޯދާ