ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ އިންޖީންތަކައް ބޭނުންވާ ބެލްޓް ގަތުމާއި ގުޅޭ

 

އަންދާސީހިސާބު ބޭނުންވެއްޖެ

 

އެޓޭޗްކުރެވިފައިވާ އިންފޮމޭޝަން ޝީޓާއި އެއްގޮތަށް މިދަންނަވާ ތަކެތި މިކުންފުންޏަށް ގަންނަން ބޭނުންވެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ހުރިހާ އައިޓަމަކަށް އަގު ހުށަހަޅުއްވަން ވާނެއެވެ.

މި ކުންފުނީގެ ޕްރޮކިޔުމަންޓް ޕޮލިސީގައިވާ ގޮތުން އެޑްވާންސް ފައިސާގެ ގޮތުގައި ދެވޭނީ ގިނަވެގެން 15 އިންސައްތައެވެ.

ބިޑް ހުށައަޅުއްވާ އިރު ސަމާލުކާންދޭންޖެހޭ ކަންތައްތައް:

ü      އަގު

o        އަގު ހުށައަޅުއްވަން ވަނީ ފެނަކަ ކޯޕަރޭޝަން ހެޑް އޮފީހަށް ޑެލިވަރ ކޮށްދެވޭ އަގެވެ. (ޑޯ ސްޓެޕް ޑެލިވަރީ)

ü      ތަކެތި ސަޕްލައިކޮށް ދެވޭނެ މުއްދަތު:

o        ތަކެތި ސަޕްލައިކޮށް ދެވޭނެ މުއްދަތު ދޭންވަނީ  "ދުވަހުންނެވެ".

o        ތަކެތި ސަޕްލައިކޮށްދެވޭނެ މުއްދަތުގައި "އެކްސް ޓޮކް" ޖަހާފައި އޮތުމުން ބެލެވޭނީ އެންމެ ގިނަ މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކާއި އެއްވަރަށެވެ.

o        އަދި ބީލަމުގައި މުދާ ފޯރުކޮށްދޭ މުއްދަތު ހުށަހެޅިފައިނުވާނަމަ މުއްދަތުގެ ގޮތުގައި ބެލެވޭނީ އެންމެ ގިނަ މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކާއި އެއްވަރަށެވެ.

ü      އަގު ހުށައަޅުއްވަން ވާނީ ދިވެހި ރުފިޔާއިންނެވެ

ü      ކޯޓޭޝަންގެ މުއްދަތު ހަމަވާ ތާރީހަކަށް މަދުވެގެން 60 ދުވަސް ދޭން ވާނެއެވެ.

ü      ކުރެޑިޓް ޕީރިޔަޑް:

o        މި ކުންފުނީގެ ޕްރޮކިޔުމަންޓް ޕްލިސީގައިވާ ގޮތުން އެޑްވާންސް ފައިސާގެ ގޮތުގައި ދެވޭނީ ގިނަވެގެން 15 އިންސައްތައެވެ.

o        ބާކީ 85 އިންސައްތައަށް ފައިސާ ދެއްކުމަށް "ކްރެޑިޓް ޕީރިޔަޓް" ދޭންވާނީ ދުވަހުން ނުވަތަ މަހުންނެވެ.

 ހުށަހަޅަންވީ ތަކެތި:

·         މިތަކެތި ސަޕްލައިކޮށްދެވޭނެ އަގު. ( ލިސްޓްގައިވާ ހުރިހާ ތަކެއްޗަށް އަގު ހުށަހަޅުއްވަންވާނެއެވެ. އަގު ހުށަހަޅުއްވާނީ ޖީ.އެސް.ޓީއަށްވާ ޖުމްލަ އަދަދު ވަކިން އިނގޭނެހެން.)

·         ސަޕްލައިކޮށްދެވޭނެ މުއްދަތު:

·         ކުންފުނީގެ މަޢުލޫމާތު ( ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ،ދައުލަތައް ދައްކަންޖެހޭ ޓެކްސް ކްލިޔަރ ކުރިކަމުގެ ލިޔުން (ޓެކްސް ކްލިޔަރަންސް ރިޕޯރޓް)، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުންމުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު

·         ބިލަށް ފައިސާ ދައްކަންދެވޭ މުއްދަތު: މުއްދަތު ދޭންވާނީ "ދުވަހުން ނުވަތަ މަހުން"

·         ބިޑް ހުށަހަޅަން ވަޑައިގަންނަވާއިރު ކޮންމެ ބްރޭންޑަކުން އެއް ބެލްޓްގެ ސާމްޕަލް ގެންނަވަންވާނެއެވެ.

·         ސަޕްލަޔި ކުރެވޭ ބެލްޓަކީ އޯ.އީ.އެމް ސްޓޭންޑަޑް ގެ ބެލްޓަކައްވާންވާނެއެވެ. އެހެންނޫންނަމަ، ބިޑް ރިޖެކްޓް ކުރުމުގެ ފުރިހަމަ އިހްތިޔާރު މި ކުންފުންޏައް ލިބިގެންވެއެވެ.

ނޯޓް: މި ކުންފުނީގައި ވެންޑަރ ރެޖިސްޓަރީ ވެފައިވާ ފަރާތްތަކުން ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަދިޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ ހުށަހެޅުން ލާޒިމެއް ނޫނެވެ.

 

އަންދާސީހިސާބުގައި ޕޮއިންޓްދެވޭ ގޮތް:

·   އަގަށް (ދިވެހި ރުފިޔާ) 70 ޕޮއިންޓް

ހުށަހެޅޭ އެންމެހެޔޮ އަގު / ހުށަހެޅި އަގު × 70

·   ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު (ދުވަސް) 30 ޕޮއިންޓް

ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު ×30

 

 އަންދާސީހިސާބު އެޑްރެސްކުރައްވާނީ ތިރީގައިބަޔާންކުރެވިފައިވާ ގޮތަށްށެވެ.

މެނޭޖިންގ ޑިރެކްޓަރ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް

އިޢުލާން ނަންބަރ: FNK-K(T)/FNK/IUL/2017/0192

ޕޯރޓް ކޮމްޕްލެކްސް، 7ވަނަ ފަންގިފިލާ

ހިލާލީމަގު، މާފަންނު

މާލެ

 

ބިޑް ހުޅުވުމަށް ހަމަޖެހިފައި ވަނީ 24  ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ 11:00 އަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ގެ ޖަލްސާ ކުރާ މާލަމުގައި،މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޟިރުގައެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 24  ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ނޯޓް: މަޢުލޫމާތު ފުރިހަމަ ނޫން ބިޑްތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޙްތިޔާރުވެސް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިގެންވެއެވެ. މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

 

 މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި 3018260 ނަންބަރު ފޯނު މެދުވެރިކޮށް ޓެންޑަރ އެންޑް ފޮރިން ޕާޗޭސް ސެކްޝަނަށެވެ.

 

 

17 ޑިސެންބަރު 2017
ހޯދާ