ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގައި ހުރި 11 ރުއް ވަރުވާއަށް ދޫކުރުން

އިޢުލާން

ބަނދަރުގައި ހުރި 11 ރުއް ވަރުވާ އަށް ދޫކުރުމާ ގުޅޭ

މިރަށު ބަނދަރުގައި ހުރި 11 ރުއް ވަރުވާއަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު (IUL)253/253/2017/114 (5 ޑިސެމްބަރ 2017) ގެ އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އަލުން އިޢުލާން ކުރުމަށް މި ކައުންސިލުންވަނީ ނިންމާފައެވެ.

މި ރުއްތައް ވަރުވާއަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ރުއްތައް ވަރުވާއަށް ހިފުމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭން އެންމެބޮޑު ކުއްޔެއް ހުށަހަޅާފަރާތަކަށެވެ. މި ރުއްތައް ވަރުވާއަށް ދޫކުރެވޭނީ މީލާދީގޮތުން3  އަހަރު ދުވަހުގެ މުއްދަތަށެވެ.

ވީމާ، މި ރުއްތައް ވަރުވާއަށް ހިފުމަށް އެދޭ ފަރާތްތަކުން ވަރުވާއަށް ހިފުމަށް އެދޭ ކުލި ބަޔާންކޮށް 2017 ޑިސެމްބަރ 27 ވާ ބުދަ ދުވަހުގެ 09:30 އަށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ފޯމް މި އިދާރާގެ ކައުންޓަރުން ރަސްމީ ގަޑީގައި ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމް ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500029 ނަންބަރު ފޯނާއި  ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

29 ރަބީޢުލްއައްވަލް 1439

17  ޑިސެމްބަރ  2017

17 ޑިސެންބަރު 2017
ހޯދާ