ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ހޯރަފުށީ ބަނދަރު ލައިޓް ހޯދުމާއި ގުޅޭ

އިޢުލާން

ހއ.ހޯރަފުށީ ބަނދަރު ލައިޓް ހޯދުމާއި ގުޅޭ

              މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ހޯރަފުށީ ބަނދަރު ސަރަޙައްދު ދިއްލުމަށް ބޭނުންވާ ލައިޓް ގަނެ މިއިދާރާއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން މި އިދާރާއަށް ޙާޟިރުވެދެއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

އަންދާސީ ހިސާބް ހުށަހަޅާ ފޯމް ދޫކުރުމާއި، މަޢުލޫމާތު ދިނުން

21 ޑިސެންބަރ 2017

ބުރާސްފަތި

13:30

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ސުންގަޑި

27 ޑިސެންބަރު 2017

ބުދަ

13:30

                          

              މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ޙާޟިރުވެލައްވާ ފަރާތުން ހުށަހަޅުއްވަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ޙާޟިރުވެލައްވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެންކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވާފައި އޮންނަންވާނެވެ. މީގެއިތުރުން އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅުއްވަންވާނެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެލައްވާ ފަރާތްތަކަށް ކަމުގައިވެސް ދަންނަވެމެވެ.

                  މިހެންވެ، މިކަން ޢާއްމުކޮށް އިޢުލާން ކުރީމެވެ.

                  29 ރަބީޢުލްއައްވަލް 1439

                  17  ޑިސެންބަރު  2017

17 ޑިސެންބަރު 2017
ހޯދާ