ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2018 ވަނައަހަރު ނިލަންދޫ އިޖުތިމާޢީ ސަރަހައްދުތައް ވިނަނޮޅައި ކުނިކަހައި ސާފްކުރުމާ

2018  ވަނައަހަރު ނިލަންދޫ އިޖުތިމާޢީ ސަރަހައްދުތައް ވިނަނޮޅައި ކުނިކަހައި ސާފްކުރުމަށް ރައްޔިތު އަންހެނުންގެ ތެރެއިން 18 އަހަރާއި 65 އަހަރާއި ދެމެދުގެ އަންހެނުން ބައިވެރިކޮށްގެން އެމަސައްކަތަށް 2018 ވަނައަހަރަށް ލިބޭ ފައިސާއިން، މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް ހަމަހަމަ އުޞޫލުން ބަހާގޮތަށް މަސައްކަތްކޮށްދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، ނިލަންދޫ އިޖްތިމާޢީ ސަރަހައްދުތައް ކުނިކެހުމަށް ޝަޢުޤުވެރިވާ  ޢުމުރުން  18 އަހަރާ 65 އަހަރާއި ދެމެދުގެ އަންހެނުން " މިއިދާރާއިން ދޫކުރާ  2018 ވަނައަހަރު ނިލަންދޫގެ އިޖްތިމާޢީ ސަރަހައްދު ސާފްކުރުމަށްއެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2017 ޑިސެންބަރު 25 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 02:00 ގެ ކުރިން  މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަގު ކުނިކެހުމުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ފޯމް ދޫކުރުމާއި ފޯމު ބަލައިގަތުން އޮންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން ފެށިގެން މެންދުރުފަހު 01:30 އަށެވެ.   

ވީމާ،  މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޑިސެންބަރު 2017
ހޯދާ