ދިވެހިރާއްޖެ
އިޢުލާން
އެސް.ޓީ.އޯ ސިޓީ ސްކޮޔާރ ކުނިކަހާ ފޮޅާސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެފަރާތެއް ހޯދުމަށް
އެސް.ޓީ.އޯ ސިޓީ ސްކޮޔާރ 01 އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހާ ފޮޅާސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތުގެ މުއްދަތު: 01 އަހަރު
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2017 ޑިސެމްބަރ 24 ވާ ދުވަހުގެ 1000ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2017 ޑިސެމްބަރ 24 ވާ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މައުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2017 ޑިސެމްބަރ 25 ވަނަ ދުވަހުގެ 1030 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ.
ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވާ ސުވާލުތައް 2017 ޑިސެމްބަރ 27 ވާ ދުވަހުގެ 1000 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2017 ޑިސެމްބަރ 28 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2017 ޖެނުއަރީ 02 ވަނަ ދުވަހުގެ 1400 ގައި އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯނު: 3344197 3344321
ފެކުސް: 3344633
އީމެއިލް: [email protected]
17 ޑިސެމްބަރ 2017