މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ ޢަދަދު 1
|
މުސާރަ
|
މަހަކު 5020.00 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު 1650.00ރުފިޔާ
|
އޮފީސް
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (ޕްރޮކިއުމަންޓް ސެކްޝަން)
|
ރޭންކް
|
GS4
|
ކްލެސިފިކޭޝަން
|
އޮފިސަރ ގްރޭޑް 1
|
މަޤާމުގެ ޝަރްޠުތައް:
|
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުންދިވެހިރާއްޖޭގެގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،
- ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ބިޑު އިވަލުއޭޓު ކުރުމާއި، ޓެންޑަރ ކޮމިޓީ ބޭއްވުމާއި އަދި އެކޮމިޓީގެ މަސައްކަތްތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.
- ޕްރޮކިޔުމަންޓް ސެކްޝަނުން ލިޔަންޖެހޭ ސިޓީ، މެމޯ ފަދަ ލިޔުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ޔުނިވަރސިޓީގެ ހަރުމުދަލުގެ އިންވެންޓްރީ ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބެލެހެއްޓުން.
- ޔުނިވަރސިޓީގެ ސްޓޮކް ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބެލެހެއްޓުން.
- ޕްރޮކިޔުމަންޓް ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުމާއި ކޮމިޓީއާއި ގުޅޭ އިދާރީ މަސައްކަތްކުރުން.
- ބަޖެޓަށް ފޮނުވަންޖެހޭ ބިލްތަކުގެ ސަޕޯޓިން ޑޮކިއުމެންޓްތައް ހަމަކޮށް ބަޖެޓް ސެކްޝަނަށް ފޮނުވާ ރެކޯޑްސް ބެލެހެއްޓުން އަދި ފައިލް ކުރުން.
- މުދަލާއި ހިދުމަތަށް ދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
- ބިލްތައް އެންޓްރީކޮށް ބިލް އެންޓްރީ ބެލެހެޓުމާއި ލިބޭ ބިލްތައް ހަވާލުކުރުން.
- ހަވާލުވެފައިވާ މަސައްކަތްތަކާއި ބެހޭ ލިޔެކިއުންތަކުގެ ރިކޯޑް މެއިންޓެއިންކޮށް ބެލެހެއްޓުން.
- ރިސެޕްޝަންގައި މަސައްކަތްކުރަން ޖެހިއްޖެ ހާލަތެއްގައި މަސައްކަތްކުރުން.
- އޮފީހުން ރަސްމީކޮށް އަންގާ މުހިއްމު ބައްދަލުވުންތަކަށް ހާޒިރުވުން.
- މީގެ އިތުރަށް ވަޒީފާއާއި ގުޅިގެން ސްޕަވައިޒަރ ކުރަން ހަވާލުކުރާ މަސައްކަތްތައް ކުރުން.
- އޮފީސް ހުޅުވާ ލެއްޕުމަށް ހަވާލުކުރާ ތާވަލާ އެއްގޮތަށް ހުޅުވާ ލެއްޕުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅުންހުރި ދާއިރާއިން)
- ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލްސް)
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- މިޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމް (މިޔުނިވަރސިޓީގެ ރިސެޕްޝަނުން މިފޯމް ލިބިވަޑައިގަންނަވާނެ)
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ. ސިޓީ ފޮނުވޭނީ އެޕްލިކޭޝަން ފޯމުގައި އެފަރާތަކުން ޖަހާފައިވާ އީމެއިލް އެޑްރެހަށެވެ.
- މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު
- 8:00: އާއި 23:00 ދެމެދުގެ 06 ގަޑިއިރު އިރުއެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
- 28 ޑިސެންބަރު 2017 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3022116ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|