މާފަރު ސްކޫލް
ދިވެހިރާއްޖެ
ހެލްތް އޮފިސަރ

މާފަރު ސުކޫލް
ނ.މާފަރު

އިޢުލާން

ނަމްބަރ:GS115/2017/27

މިސްކޫލަށް ތިރީގައިމިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:                         ހެލްތް އޮފިސަރ

ބޭނުންވާ ޢަދަދު:                   01

ރޭންކް:                         ޖީ.އެސް 4

ކުލެސިފިކޭޝަން:                    އޮފިސަރ ގްރޭޑް 2

މުސާރަ                       5020.00 ރުފިޔާ

ސަރވިސް އެލަވަންސް:                1500.00 ރުފިޔާ

ވަޒީފާއޮތް އޮފީސް:                   ނ.މާފަރު ސްކޫލް

ގިންތި:                          ކޮންޓްރެކްޓް

 

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން:        އިދާރީ / ނ.މާފަރު ސްކޫލް

އެހެނިހެން އިނާޔަތް:   - އިތުރު ގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ ، ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ                                     

                ފައިސާ ލިބޭނެއެވެ.
ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތަކާއި، މަސްޢޫލިއްޔަތު:

 

- ދަރިވަރުންނަށާއި، ސްޓާފުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ސިއްޙީ ޕްރޮގްރާމްތައް ރާވައި ހިންގުން.

-  ދަރިވަރުންގެ ހެލްތް ޗެކަޕް ޕްރޮގްރާމް ރާވައި ހިންގުން

 - ހެލްތް ރޫމް ބެލެހެއްޓުން.

- ހެލްތް ރޫމުން ފަސްޓް އެއިޑް ލިބޭނެ އިންތިޒާމް ހަމަޖެއްސުން .

- ސްކޫލްގެ އިމާރާތްތަކާއި، ގޯތިތެރެއާއި ފާޚާނަތަކުގެ ސާފުތާހިރުކަން ދުވަހުން ދުވަހަށް ޗެކުކުރުން.

- ސިއްޙީ މައްސަލަތައް ހުންނަ ދަރިވަރުންގެ ބެލެނިވެރިންނާއި ބައްދަލުކޮށް އެހީތެރިވެދިނުން.              

- ދަރިވަރުންނަށް ސިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުން.

-ކުރިޔަށް  އޮތް އަހަރު ސްކޫލް ހެލްތް ޕްރޮގުރާމް ހިންގާނެ ގޮތުގެ ތާވަލް ތައްޔާރުކޮށް އެޑިއުކޭޝަން ފޮނުވުން

 

މަޤާމާއި ގުޅޭ ދާއިރާ:

-         ހެލްތް ދާއިރާ

 

މަޤާމުގެ ޝަރުތު :

 

1.  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާޞިލްކޮށްފައިވުން

          ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާޞިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުން.

 

  ވަޒީފާއަށް  އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

-         ހާސިލްކޮށްފައިވާ ތަޢުލީމާއި ، ތަމްރީނަށް ބަލައިގެން.

-         މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ހުނަރަށް ބަލައިގެން  ( ތަޖުރިބާއަށް ބަލާއިރު މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

-         ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމެންޓް ކޮމިޓީގެ ފަރާތުން ވަޒީފާއަށް އެދި ހުށަހަޅާފައިވާ ފަރާތަކަށް އިންޓަރވިއު ކުރިއަށް ގެންގޮސްގެން .

 

އިންޓަރވިއު ކުރުން:

-         އިންޓަރވިއު ކުރުމުގެ ކުރިން މިމަޤާމަށް އެދިފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަ ނަމަ ،ވަޒީފާއަށް އެދި ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއިން ކަނޑައަޅާ ކުރައިޓީރިއާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭފަރާތްތަކާއެވެ. 

-         އިންޓަވިއު އަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އެމީހަކު އިންޓަރވިއު އަށް ހާޒިރުވާއިރު ވަޒީފާއަށް އެދޭ ފޯމްގައިވާ ލިޔުންތަކުގެ އަސްލު ގެންނަން ވާނެއެވެ.

-         މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ 27 ޑިސެމްބަރ 2017 ވަނަ ދުވަހުއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

-         ދިވެހި ސިވިލްސަރވިސް ގެ  ވަޒީފާއަށް އެދޭ ފޯމު ( ސިވިލްސަރވިސް ވަޒީފާއަށް އެދޭ ފޯމް ސިވިލްސަރވިސް ކޮމިޝަންގެ ސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި  ފޯމް ސުކޫލް އޮފީހުން ވެސް ލިބެންހުންނާނެއެވެ.)

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ )

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތަކީ ސިވިލްސާރވިސް ނުވަތަ ސަރުކާރުގެ އެހެން މުއައްސަސާއެއްގައި މަސައްކަތްކުރައްވާ މުވައްޒަފެއްނަމަ، އެމުވައްޒަފު ގެ ވަޒީފާ މި ސުކޫލަށް ބަދަލުވުމާމެދު އިއުތިރާޒު ނުކުރައްވާ ކަމުގެ ލިޔުން .

- ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތަކީ ސިވިލްސާރވިސް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ އެމުވައްޒަފު ގެ ވަޒީފާ މި ސުކޫލަށް ބަދަލުވުމާމެދު އިއުތިރާޒު ނުކުރައްވާ ކަމުގެ ލިޔުން.  

- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

- ވަޒީފާއެއް އަދާކުރައްވާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގެ މަސްއޫލިއްޔަތު އެގޭނެ ލިޔުމެއް.

 

 

ސުންގަޑި:

      މި  މަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން 25 ޑިސެމްބަރ 2017 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ނ.މާފަރު ސުކޫލަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ  ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. އަދި ޝަރުތުފުރިހަމަވާ ފަރާތެއް ކުރިމަތިލައިފައި ނުވާނަމަ، ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މާފަރު ސުކޫލް ގެ ނަންބަރ 6560574  ފޯނަށް ގުޅުއްވުން އެދެމެވެ.

     
 މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ.

14 ޑިސެމްބަރ 2017 

14 ޑިސެންބަރު 2017
ހޯދާ