ކުޑަފަރީ މަދަރުސާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ކައުންސިލަރ އެސިސްޓެންޓް ވަގުތީ)

މަޤާމް: ކައުންސިލަރ އެސިސްޓެންޓް  (ވަގުތީ) 

  ބޭނުންވާ ޢަދަދު: 1

ވަޒީފާ އަދާކުރަންޖެހޭތަން: ނ. ކުޑަފަރީ ސްކޫލް

 

 

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލެވެންސް

ކައުންސިލަރ އެސިސްޓެންޓް (ވަގުތީ)

GS3

އޮފިސަރ ގްރޭޑް 1

- ކައުންސިލިން ނުވަތަ ސައިކޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ކައުސިލިން ނުވަ ސައިކޮލޮޖީ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

-   ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

4465.00

1500.00

މަޤާމުގެ މަސްއޫލިއްޔަތު

1 – ސްކޫލްގައި ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ސްކޫލަށް ޙާޟިރުވެ މުވައްޒަފުން ސޮއިކުރާ ފޮތުގައި ސޮއި ކޮށް، ސަރުކާރުގެ ޤަވާޢިދުތަކާއި ތިމާއާއި ޙަވާލު ކުރެވިފައިވާ މަސްޢޫލިއްޔަތުތަކާއި އެއްގޮތްވާ ގޮތުގެމަތީން، ފަރުވާތެރިކަމާއި އިޚްލާސްތެރި ކަމާއިއެކު، މަޤާމުގެ ޑިއުޓީއަދާކުރުން.

1. ދަރިވަރުންގެ އަޚުލާގާއި ބެހޭގޮތޮން ކޮންމެކުއްޖަކަށް ފައިލްތައްޔާރުކޮށް ބެލެހެއްޓުން އަދި ކޮމްޕިއުޓަރގައިވެސް ރެކޯރޑްސް ބެލެހެއްޓުން

2. ދަރިވަރުންނަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން އެއްވެސް ގެއްލުމެއްލިބިފައިވޭތޯ ޤަވަޢިދުން ދެހަފްތާއިން އެއްހަފްތާގައި ބެލުން އަދި އެފަދަ މައްސަލަތައްހުރިނަމަ ރެކޯރޑްކޮށް އަޅަންއެކަށީގެންވާ ފިޔަވަޅު އެޅުން

3. ދުވަހުން ދުވަހަށް ބަލަންޖެހޭ އަޚްލާޤީ މައްސަލަތައް، ނަފްސާނީ ގޮތުން ދަރިވަރުންނަށް ދިމާވާ މައްސަލަތައް އަދި ސްކޫލުގައާއި ގޭތެރޭގައި ދަރިވަރުންނަންލިބޭ ޖިސްމާނީ އަނިޔާތަކާއިމެދު ފިޔަވަޅުއެޅުން އަދި ރެކޯރޑްކުރުން

4. ދިމާވާ ބޮޑެތި މައްސަލަތަކާއިމެދު ފިޔަވަޅުއެޅުއްވުމުގައި ސްކޫލުގެ އިސްވެރިޔާގެ މަޝްވަރާއާއި އަދިބެލެނިވެރިންގެ މަޝްވަރާއާއިއެކު ކުރިއަށްގެންދެވުން

 

5. ދަރިވަރުންގެ އަޚުލާގަށް އަންނަބަދަލްތަކާމެދު އަދި ނަފުސާނީހާލަތައް އަންނަބަދަލްތަކާމެދު ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން

6. ސްކޫލް އޮފީހަށް އެކި އެކި ބޭނުންތަކުގައި އަންނަ ފަރާތްތަކަށް އިޙުތިރާމް ކުރަން ވާނެއެވެ.

7. ރަސްމީ މަސައްކަތްތައް ކޮށްފައި ވަގުތު އޮތް ވަރަކުން އެހެނިހެން މަސައްކަތް ތަކުގައި އެހީތެރިވާންވާނެއެވެ.

 

8. ސްކޫލްގައި މަސައްކަތްކުރަންވާނީ ހުރިހާ އެންމެންނަށް ހަމަހަމަވާނެ ގޮތަކަށެވެ.

9. ސްކޫލްގެ އެއްވެސް ސިއްރެއް އެއްވެސް ފަރާތަކަށް ހާމަ ކުރުމަކީ މުޅިން މަނާ ކަމެކެވެ.

10. ސްކޫލްގައި އަދި ސްކޫލުން ބޭރުގައިވެސް އެއްވެސް ކުއްޖެއްގެ ފަރާތުން ކުދިންނާއި އެކަށީގެންނުވާ ކަމެއް ފެނިއްޖެ ނަމަ ވަގުތުން ސްކޫލްގެ ވެރިންނަށް އަންގަން ވާނެއެވެ.

11. ދަރިވަރުންނާ މުދައްރިސުންގެވެސް ވާހަކަދެއްކުމުގެ އަދަބުވަރިކަމަށް ސަމާލުކަން ދޭންވާނެއެވެ.

 

12. މުވައްޒިފުންގެ ގޮތުގައި ކުރެވޭ ކޮންމެ މަސައްކަތެއްގައި އަދި ޙަރަކާތެއްގައި ވީވަރަކުން އެހީތެރިވެ އެއްބާރުލުން ދޭން ވާނެއެވެ.

13. އެއްވެސް އެއްޗެއް ނުލިބި ނުވަތަ ކަމެއްކުރަން ނޭންގުމުގެ ސަބަބުން މަސައްކަތެއް ނުނިމި އެއްވެސް ފަރާތަކަށް ލިބެންޖެހޭ ޚިދުމަތެއް ނުދެވުމުގެ ކުރީގައި ސްކޫލުގެ ވެރިންނަށް އަންގަންވާނެއެވެ.

14. ކިޔަވައިދިނުމާއިގުޅުންހުރިކަންތައްތަކުގައިއެހީތެރިވެދިނުން

15. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.

އުޖޫރަ އާއި އިނާޔަތްތައް

  • އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ ހަމަޖެހިފައިވާ ގަވާއިދުން އިތުރު ގަޑީގެ ފައިސާ
  • ސިވިލްސަރވިސްގެ މުވައްޒަފުންނށް ސިވިލްސަރވިސްއިން ކަނޑައަޅުންވައިފައިވާ އެލަވަންސް، އާއި ޢިނާޔަތްތައް.

އެންމެ ޤާބިލުމީހަކު މީހުންހޮވުމުގައިބަލާނެ ކަންތައްތައް

  • ވަޒީފާގެ މަސައްކަތާއިގުޅޭ ގޮތުން ލިބިފައިވާ ހުނަރާއި ތަޖުރިބާ
  • ކޮމްޕިއުޓަރު ބޭނުންކޮށްގެ މަސައްކަތްކުރަން ދަންނަ މިންވަރު
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން

ހުށަހަޅަންޖެހޭ ލިޔުންތައް

1-      ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ސިވިލްސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް)

2-      ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ(އެކްރިޑެޓްކޮށްފައިވާ(

3-      ސަރުކާރުގެ ނުވަތަ ސިވިލްސަރވިސް އަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން

4-      ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

5-      ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

6-      ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

7-      ސިވިލްސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެމުވައްޒަފުން ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޟިރީ އަދި މަސައްކަތުގެ އަޚްލާގު ހުރިގޮތްބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޟިރީ އަދި މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާން ކުރާ ފޯމު"ސިވިލްސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް ހުށަނާޅައިފިނަމަ "ވަޒީފާއަށް ކުރިމަތިލައިފައިވާ ފަރާތައް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް" ގައިވާ މިކަމާގުޅޭ ބައިތަކަށް ޕޮއިންޓެއް ނުދެވޭނެއެވެ.

 

ސުންގަޑި

މި ވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ސިޓީ އާއި އެކު ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު 25 ޑިސެމްބަރ 2017 ވާ ހޯމަ ދުވަހުގެ  މެންދުރު 12.00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަވިއުކުރުމާއި ޕްރެކްޓިކަލް ޓެސްޓް  އިއުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަސްތެރޭގައި ކުޑަފަރީ ސްކޫލްގައި އޮންނާނެއެވެ.

 

އިތުރުމަޢުލޫމާތު

މަޢުލޫމާތު ހޯއްދެވުމަށް ގުޅުންވާނީ 6561802 ފޯނާއެވެ.

މި މަޤާމަށް އިންޓަވިއުކުރެވޭނީ ޝަރުތުހަމަވާ ފަރާތްތަކާއެވެ.

13 ޑިސެންބަރު 2017
ހޯދާ