ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 1 ވަނަ ފަންގިފިލާ މަރާމާތު ކުރުމުގެ ނުނިމި ހުރި މަސައްކަތާއި ގުޅޭ

ނަންބަރ:FNK-K(T)/FNK/IUL/2017/183

 

އިޢުލާން

 

ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 1 ވަނަ ފަންގިފިލާ މަރާމާތު ކުރުމުގެ ނުނިމި ހުރި މަސައްކަތާއި ގުޅޭ

      މި ކުންފުނިން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް  ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 1 ވަނަ ފަންގިފިލާ މަރާމާތު ކުރުމުގެ މަސައްކަތުގެ ނުނިމި ހުރި މަސައްކަތް  އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޑިސެމްބަރ 18 ވާ ހޯމަ ދުވަހު 14:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޑިސެމްބަރ 21 ވާ ބުރާސްފަތި ދުވަހު 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ގައެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

 

                                25 ރަބީޢުލްއައްވަލް 1439

                             13  ޑިސެމްބަރ  2017

 

13 ޑިސެންބަރު 2017
ހޯދާ