މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

ނަންބަރު: K5C-A/2017/13

ތާރީޚް: 13 ޑިސެމްބަރ 2017

 

މަޤާމު

ހައުސްކީޕަރ

ރޭންކް: އެސް. އެސް 1

 

ޢަދަދު

01

ސެކްޝަން: އިދާރީ

 

މަސައްކަތްކުރަންޖެހޭ ތަން

މ.ވޭވަށު މެޖިސްޓްރޭޓް ކޯޓު

 

އަސާސީ މުސާރަ

3100.00

 

އެލަވަންސް

-          ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20

-          ސަރވިސް އެލަވަންސް: 1000.00

-          ލިވިންގ އެލަވަންސް: 2550.00

-          ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

 

އަސާސީ ޝަރުޠު

 

ލިޔަން ކިޔަން ދަތުމާއިއެކު،މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން.

 

މަޤާމުގެ މައިގަނޑު މަސައްކަތްތައް

  1. ކޯޓުގެ ގޯތިތެރެއާއި، ކޯޓު ތެރެ އަދި ފާޚާނާތައް ފޮޅާ ސާފުކުރުން އަދި ކޯޓުން އަންގައިފި ހިނދެއްގައި ދިދަ ތިރިކޮށް ނެގުން
  2. ކޯޓުން ހަވާލުކުރަންޖެހޭ ޗިޓާއި، ސިޓީ މެސެޖް ފަދަ ތަކެތި އެކި ފަރާތަކަށް ރައްދުކުރުން.
  3. ކޯޓުގެ ފައިސާގެ ކަންތައްތައް ބަލަހައްޓަވާ  މުވައްޒަފަކު އަންގަވާގޮތެއްގެ މަތިން ބޭންކަށް ފައިސާ ޖަމާކުރުމާއި ބޭންކުން ފައިސާނެގުން
  4. ކޯޓަށް ގެންނަތަކެތި ބަނދަރުންނާއި ފިހާރަތަކުން ކޯޓަށް ގެނައުން.
  5. ކޯޓުގެ ފަރުނީޗަރާއި ފާޚާނާތަކަށް ލިބޭ ކުދި ގެއްލުންތައް މަރާމާތުކުރުން.
  6. ކޯޓުގެ އިދާރީ މުވައްޒަފުން އަންގަވާގޮތެއްގެ މަތީން ކޯޓުގެ ލިޔުންތައް ފައިލްކުރުން.
  1. މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް ކޯޓް ހިންގެވުމާ ޙަވާލުވެ ހުންނަވާ މެޖިސްޓްރޭޓް  ނުވަތަ މުވަށްޒަފުންގެ މަސައްކަތް ބަލަހަށްޓާ ކޯޓުގެ މުވަށްޒަފަކު ޙަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ޤަވައިދުން ކުރުން.

 

ހުށަހަޅަންޖެހޭ ތަކެތި

 

 

1-      ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް

2-      ކުރިމަތިލާ ފަރާތުގެ ވަނަވަރު

3-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4-      ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5-      މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6-      އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

 

ސުންގަޑި

2017 ޑިސެމްބަރ 26 ވާ  އަންގާރަ ދުވަހުގެ 15:00 ގެކުރިން  މ.ވޭވަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މ.ވޭވަށު މެޖިސްޓްރޭޓް ކޯޓާއި ، ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • ·         މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: /6720572 6720622
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

  • ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި އިންޓަރވިއު ކުރެވޭނެއެވެ.

 

މަޤާމުތަކަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.

 

13 ޑިސެންބަރު 2017
ހޯދާ