ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ފައިނޭންސް އެގްޒެކެޓިވް

މި އިޢުލާންވަނީ 12 ޑިސެންބަރު 2017 09:23 ގައި ބާތިލް ކުރެވިފައެވެ.


މަޤާމު:

ފައިނޭންސް އެގްޒެކެޓިވް

ރޭންކު:

CSC4-1

ކްލެސިފިކޭޝަން:

ސީ.އެސް.ސީ. ޕްރޮފެޝަނަލްސް

ސެކްޝަން/ޔުނިޓް:

ފައިނޭންސް ޔުނިޓް

ޔުނިޓުގެ މައިގަނޑު މަސައްކަތް:

ސިވިލް ސަރވިސްކޮމިޝަނުގެ ފައިސާއާ ގުޅޭ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން.

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު -/3000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 2203/25 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ

އަސާސީ ޝަރުތު:

މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗެލަރސް ޑިގްރީ ނުވަތަ އޮނަރސް ޑިގްރީ (ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް) ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކޮމިޝަންގެ އަހަރީ ބަޖެޓް، ސެކްޝަންތަކާއި ގުޅިގެން ތައްޔާރުކުރުމާއި ބެލެހެއްޓުން.
  2. ކޮމިޝަނުން އެކިއެކި ކަންތައްތަކާ ގުޅިގެން ކުރެވޭ ޚަރަދުތައް ބެލެހެއްޓުމާއި، ކުރެވޭ ޚަރަދުތަކުގެ ލިޔެކިޔުންތައް ސަރުކާރުގެ ޤަވާޢިދުތަކާ އެއްގޮތަށް ފުރިހަމަ ޒިންމާދާރީއާއެކު ބެލެހެއްޓުން.
  3. ކޮމިޝަނުގެ އެކައުންޓްތައް ބެލެހެއްޓުމާއި ކޯޑްތައް ދުވަހުން ދުވަހަށް މޮނިޓަރކުރުން.
  4. ކޮމިޝަނުގެ މަހުގެ ޚަރަދު ރިޕޯޓް ތައްޔާރު ކުރުމާއި ބޭންކް ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް ޓެލީކުރުން.
  5. ކޮމިޝަނުގެ ބަޖެޓް، ފައިސާ، އަދި ޚަރަދުތަކާބެހޭ ގޮތުން ކުރަންޖެހޭ މުޢާމަލާތުކުރުން.
  6. ކޮމިޝަނުގެ ބަޖެޓް، ފައިސާ، އަދި ޚަރަދުތަކާބެހޭ ގޮތުން އިސްވެރިންނަށް ދޭންޖެހޭ މަޢުލޫމާތުތައް ދިނުމާއި ލަފާއެރުވުން.
  7. ކޮމިޝަނުގެ އިދާރާއަށް ހޯދަންޖެހޭ ތަކެތި ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ހޯދުމާއި އެތަކެތީގެ އިންވެންޓްރީ ގަވާއިދުން ބެލެހެއްޓުން.
  8. ކޮމިޝަނުގެ ފަރުނީޗަރާއި ފިކްސްޗަރތަކުގެ ތެރެއިން ހަލާކުވާ ނުވަތަ ބޭނުންނުކުރެވޭ ތަކެތި ނީލަންކިޔުން ނުވަތަ ނައްތާލުން.
  9. ކޮމިޝަނުން ބޭނުންވާ އެކިއެކި ޚިދުމަތްތަކާ ގުޅޭގޮތުން ކުރަންޖެހޭ ޢިއުލާންތައް ކުރުމާއި ހަދަންޖެހޭ އެގްރިމެންޓްތައް ހެދުމާއި ބެލެހެއްޓުން.
  10. ކޮމިޝަނުގެ އިދާރާގެ މާލީ ހިސާބުތައް އޮޑިޓްކުރުމާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
  11. ކޮމިޝަން މެންބަރުންގެ އިންޝުއަރަންސްއާގުޅޭ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  12. ކޮމިޝަނުގެ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް ހެއްދުމާއި ބެލެހެއްޓުމާބެހޭ ކަންތައްތައް ކުރުން.
  13. ކޮމިޝަނުގެ އިދާރާގެ ފަރާތުން ޚިދުމަތް ލިބިގަތުމަށް އެކި ފަރާތްތަކާއެކު ކުރެވޭ މަސައްކަތުގެ އެއްބަސްވުންތަކުގައިވާ ގޮތުގެ މަތިން އެޚިދުމަތްތަކަށް ޚަރަދުކުރުމުގެ ޕްލޭނެއް ތައްޔާރުކޮށް އެގޮތުގައި ބެލެހެއްޓުން.
  14. ކޮމިޝަނުގެ އިދާރާގެ ޚަރަދުތައް މޮނިޓަރކޮށް ޚަރަދުތައް ކުޑަކުރެވޭނޭ ގޮތްތަކުގެ ލަފާ، އިސްވެރިންނަށާއި އެކިއެކި ސެކްޝަންތަކުގެ މުވައްޒަފުންނަށް ދިނުމާއެކު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  15. ކޮމިޝަނުގެ އިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީގެ އެންމެހާ އިދާރީ ކަންތައްތައް ބެލެހެއްޓުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

21 ޑިސެންބަރު 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %30)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %15)
  • ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައެޅިފައިވާ އިން ސައްތަ: %55)
  • އެޕްޓިޓިއުޑް ޓެސްޓް - %10
  • ޕްރެކްޓިކަލްސް - %10
  • އިންޓަވިއު އަދި ޕްރެޒެންޓޭޝަން - %35

ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލުކަމަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު 2017 ޑިސެންބަރު 24 އާއި 2018 ޖެނުއަރީ 04 އާދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ/މާލެ) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ.

 

24 ރަބީޢުލްއާހިރު 1439ހ

12 ޑިސެންބަރު 2017މ                                   

12 ޑިސެންބަރު 2017
ހޯދާ