މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދަވާ އަސްކަރީ ތަމްރީނުތަކެއްގައި ފްލެއަރސް އެރުވުން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދަވާ އަސްކަރީ ތަމްރީނުތަކެއްގައި 2017 ޑިސެމްބަރ 12، 13 އަދި 14 ވަނަ ދުވަހުގެ 00:18 އިން ޖެހިގެން އަންނަ ދުވަހުގެ 00:06 އަށް ލ.ކައްދޫ، ލ. ފޮނަދޫ އަދި ލ. މާންދޫގައި ފްލެއަރ އެރުވުމަށް ވަނީ ހަމަޖެހިފައެވެ. މިޙަރަކާތުގައި ބޭނުންކުރާ ފްލެއަރ ދަތުރުކުރާނީ 300 މީޓަރު ދުރުމިނަށާއި ކަނޑުގެ ލޮނުގަނޑުން ފެށިގެން 300 މީޓަރުގެ އުސްމިނާ ދެމެދުގައެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.

23 ރަބީޢުލްއައްވަލް 1439

11 ޑިސެމްބަރ 2017

11 ޑިސެންބަރު 2017
ހޯދާ