ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
2050 ސްކޮލަޝިޕް ފުރުސަތު އިޢުލާން ކުރުމުގެ ރަސްމިއްޔާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ދިވެހިރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އަމާޒުކޮށް ފަންނީ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ސަރުކާރުން ނިންމަވާފައިވާތީ، 2018 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ 2050 ސްކޮލަރޝިޕް ފުރުޞަތު އިޢުލާންކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތު ގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން (ވެލާނާގޭ 02 ވަނަފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން (ވެލާނާގޭ 02 ވަނަފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

2017 ޑިސެމްބަރ 12 ވަނަ ދުވަހުގެ 10.00 ން ފެށިގެން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

2017 ޑިސެމްބަރ 14 ވަނަ ދުވަހުގެ 11:00 ށް

 

އަދި ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 33413793341386  ނަމްބަރ ފޯނާއެވެ.

11 ޑިސެމްބަރ 2017

11 ޑިސެންބަރު 2017
ހޯދާ