މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ދޭކުރެހުމާއި އެއްގޮތަށް ރަށައް ޒިޔާރަތްކުރާ ފަރާތްތަކަށް މަޑުކޮށްލައިގެން ތިބެވޭނެ މައިޒާނެއް ތަރައްޤީކޮށް ބަލަހައްޓައިދޭނެ ފަރާތަކަށް ކުއްޔަކާއި ނުލާ 10 އަހަރުގެ މުއްދަތައް މިރަށު މަހަލްގޭގެ ދެކުނުގައިވާ 1600 އަކަފޫޓްގެ ބިން ދޫކުރުމަށް ވަނީ ނިންމާފައެވެ.

`

                               

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

އުނގޫފާރު، ދިވެހިރާއްޖެ                                  ނަންބަރު:  (IUL)303-AS /303/2017/50

 

އިޢުލާން

 

 މިކައުންސިލުން ދޭކުރެހުމާއި އެއްގޮތަށް ރަށައް ޒިޔާރަތްކުރާ ފަރާތްތަކަށް މަޑުކޮށްލައިގެން ތިބެވޭނެ މައިޒާނެއް ތަރައްޤީކޮށް ބަލަހައްޓައިދޭނެ ފަރާތަކަށް ކުއްޔަކާއި ނުލާ 10 އަހަރުގެ މުއްދަތައް މިރަށު މަހަލްގޭގެ ދެކުނުގައިވާ 1600 އަކަފޫޓްގެ ބިން ދޫކުރުމަށް ވަނީ ނިންމާފައެވެ.

 

                    މިކައުންސިލުން ދޭކުރެހުމާއި އެއްގޮތަށް ރަށައް ޒިޔާރަތްކުރާ ފަރާތްތަކަށް މަޑުކޮށްލައިގެން ތިބެވޭނެ މައިޒާނެއް ތަރައްޤީކޮށް ބަލަހައްޓައިދޭނެ ފަރާތަކަށް ކުއްޔަކާއި ނުލާ 10 އަހަރުގެ މުއްދަތައް މިރަށު މަހަލްގޭގެ ދެކުނުގައިވާ 1600 އަކަފޫޓްގެ ބިން ދޫކުރުމަށް ވަނީ ނިންމާފައެވެ.

                    ވީމާ، ސުރުޚީގައި ދެންނެވިފައިވާ މަސައްކަތް މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 17 ޑިސެމްބަރ 2017، ހޯމަ ދުވަހުގެ 12:00 އަށް މިއިދާރާ އަށެވެ. އަންދާސީ ހިސާބް ހުށަހެޅުން އޮންނާނީ ރ . އުނގޫފާރު ކައުންސިލް އިދާރާގައި 27 ޑިސެމްބަރ 2017، ބުދަ ދުވަހު 01.30 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ ކުލަބް ޖަމާއަތަކުން ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު ކައުންސިލްގެ ފަރާތުން ދޭކުރެހުމާއި އެއްގޮތައް އިމާރާތްކޮށް ބަލަހައްޓައި ދިނުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

ތިރީގައިއެވަނީ މިމަސައްކަތުގައި މާކުސް ދިނުމަށް ހަމަޖެހިފައިވާ ގޮތެވެ.

ކައުންސިލުން ދޭ ކުރެހުމާއި އެއްގޮތައް އިމާރާތް ނިންމާއި ޙިދުމަތްދޭނެ މުއްދަތައް  %70

މާލީތަނަވަސް ކަމަށް % 10

ކައުންސިލުންދޭ ކުރެހުމުގެ އިތުރައް ތަރައްގީކުރާ ސަރަހައްދުގައި ކޮށްދިނުމަށް ހުށަހަޅާކަންކަމަށް  % 20

           ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

           23  ރަބީއުލްއައްވަލް  1439    

           11  ޑިސެމްބަރ   2017  

 

 

                                          އަބްދުންނާޞިރު ޢަލީ

                                                      ( ކައުންސިލްގެ ރައީސް )     

11 ޑިސެންބަރު 2017
ހޯދާ