ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މިމަރުކަޒުގެ 2018 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިމަރުކަޒުގެ 2018 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިމަރުކަޒުގެ ސެކިއުރިޓީ 01 ޖެނުއަރީ 2018 އިން ފެށިގެން 31 ޑިސެމްބަރ 2018 ގެ ނިޔަލަށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، 19 ޑިސެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 11:00 ށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 25 ޑިސެމްބަރ 2017 ވާ ހޯމަ ދުވަހުގެ 11:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި ގަޑިޖެހުމުގެ ފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅުއްވަންވާނެއެވެ. މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކެވެ.

އަދި ދަންނަވަމެވެ. މިކަމަށް އެދި މިމަރުކަޒުންކުރި ނަމްބަރު: GS08/2017/42 ބާޠިލު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

11 ޑިސެންބަރު 2017
ހޯދާ