ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އިންޖިނިއަރ (މެކޭނިކަލް)

              

ނަންބަރު:541/FNK/A/IUL/2017

ވަޒީފާގެ ފުރުޞަތު

  މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް މީހުން ހޯދުމަށް ބޭނުންވެއެވެ.

އިންޖިނިއަރ (މެކޭނިކަލް)

މަޤާމް:

1 (އެކެއް)

ބޭނުންވާ އަދަދު:

އޮޕަރޭޝަން ސާރވިސަސް ޑިޕާރޓްމަންޓް

ޑިޕާރޓްމަންޓް:

ހެޑް އޮފީސް / ކ.މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

10100ރ. (ދިހަހާސް އެއްސަތޭކަ ރުފިޔާ)

އަސާސީ މުސާރަ:

މުސާރައިގެ %40

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ޙާޒިރީ އެލަވަންސް:

މުސާރައިގެ %40 (ހަމަޖެހިފައިވާ އުސޫލުން)

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5  (ފަހެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 12 (ބާރަ) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ އިތުބާރުހުރި ކުންފުންޏެއްގައި މިފެންވަރުގެ ވަޒީފާއެއްގައި ބަޔާންވެދިޔަ މުއްދަތުގެ ތަޖުރިބާ ލިބިފައިވުން

(ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 9 (ނުވައެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން  ނުވަތަ

(ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ހަތެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 6 (ހައެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ

(ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 (އަށެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 4 (ހަތަރެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ

(ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 (ނުވައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން

(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން

ފެންވަރު ނުވަތަ ޝަރުތު:

(ހ) ކުންފުނީގެ ބްރާންޗުތަކަށް ބޭނުންވާ މުދަލަށް ރިކްއެސްޓް ކުރުމުން އެމުދަލަކީ އެބްރާންޗަކަށް ކޮންމެހެން ބޭނުންވާ މުދަލެއްތޯ ބަލައި ޗެކުކުރުމަށްފަހު އެ މުދަލެއް ހޯދުމަށް ޕްރޮކިއުމެންޓް ޑިޕާރޓްމެންޓަށް ފޮނުވުމާއި، އަދި އެމުދަލެއް ބްރާންޗަށް ލިބެމުންދޭތޯ ޗެކުކުރަމުން ގެންދިއުން

(ށ) އެއްވެސް ބްރާންޗަކުން ފޯރުކޮށްދޭ ޚިދުމަތެއް މެދުކެނޑިއްޖެ ކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ އެޚިދުމަތެއް ވީއެންމެ  އަވަހަކަށް ފޯރުކޮށް ދިނުމަށްޓަކައި ހޯދަންޖެހޭ ތަކެއްޗާއި، އަދި ކުރަންޖެހޭ މަސައްކަތެއް ވިޔަސް އެކަމެއް ވީހާވެސް އަވަހަށް ކުރުމަށްޓަކައި ކަމާއި ބެހޭ ޑިޕާރޓްމެންޓްއާއި ގުޅިގެން މަސައްކަތް ކުރުން. އިތުރަށް އެމައްސަލަތައް ދިމާވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން

(ނ) ބްރާންޗުތަކުގެ ޖަނަރޭޓަރތަކާއި، ޑިސްޓްރިބިއުޝަން ނެޓްވޯކް، އަދި އެހެނިހެން މެޝިނަރީއާއި  އިކްވިޕްމަންޓްސްއަށް  ދިމާވާ  މައްސަލަތައް ހައްލުކުރުމަށްޓަކައި ޓެކްނިކަލްގޮތުން ދޭންޖެހޭ އެހީތެރިކަމާއި  އެއްބާރުލުން ދިނުން

(ރ) ޚިދުމަތްތައް  ފޯރުކޮށްދިނުމަށް ކުންފުނިން ހެދިފައިވާ ޤަވާޢިދުތަކާއި، އުސޫލްތަކާއި އެއްގޮތައް ޑިޕާރޓްމެންޓްގެ މަސައްކަތްތައް ރާވާ ހިންގުމަށް ޑިޕާރޓްމަންޓްގެ ހެޑަށް އެއްބާރުލުން ދިނުން

(ބ) ބްރާންޗު ތަކުން ސާރވިސް ކުރުމަށް މާލެ ފޮނުވާ ތަކެތި ސާރވިސް ކުރުމަށްޓަކައި  ވޯރކްޝޮޕް ތަކަށް ފޮނުވުމުގެ  މަސައްކަތް ޑިޕާރޓްމެންޓްގެ ކަމާއިބެހޭ މުވައްޒަފުން ލައްވާ ކުރުވުން

(ޅ) މުވައްޒަފުންނާއި ޙަވާލުކުރެވޭ މަސައްކަތްތައް އެމުވައްޒަފުން ލައްވާ ކުރުވުމާއި، ޙަވާލުކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން މުވައްޒަފުންނަށް ފުރިހަމަ މަޢުލޫމާތާއި ލަފަޔާއި އިރުޝާދު ދިނުމާއި، އަދި މުވައްޒަފުންގެ މަސައްކަތްތައް ބަލާ ސްޕަވައިޒް ކުރުން.

(ކ) ޕްރިވެންޓިވް މެއިންޓަނަންސް ޝެޑިއުލް އަޕްޓޭޓްކޮށް، ޝެޑިއުލާ އެއްގޮތަށް މެއިންޓަނަންސް މަސައްކަތްތައް ރާވާ ހިންގުން އަދި ވީކްލީ އަދި މަހުން މަހަށް ތައްޔާރު ކުރަން ޖެހޭ ރިޕޯޓްތައް ތައްޔާރުކުރުން

(އ) ބްރާންޗުތަކުގެ އިންޖީނުތަކާއި، ޕެނަލްތަކާއި، ޑިސްޓްރިބިއުޝަން ނެޓްވޯކްގައި ހިމެނޭ އެންމެހައި  ތަކެއްޗާއި ،އަދި  އެހެނިހެން އިކްވިޕްމަންޓްސް، ހަމަޖެހިފައިވާ ގޮތެއްގެމަތީން މެއިންޓެއިންކޮށް ބެލެހެއްޓުމަށްޓަކައި ބްރާންޗުތަކަށް ފޮނުވަންޖެހޭ ތަކެތި ބްރާންޗުތަކަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން

(ވ) ބްރާންޗު ތަކުގައި ބޭނުން ކުރަމުން ގެންދާ އިންޖީނުތައް ޑިކާބަނައިސް، އޯވަރހޯލް ކުރުމަށް ބޭނުންވާ ސްޕެއަރ ޕާޓްސް އާއި، އަދި އެހެނިހެން ތަކެތި ބޭނުންވާ މިންވަރަށް ހޯދުމަށް ކަމާއިބެހޭ ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތް ކުރުން

(މ) ޑިޕާރޓްމަންޓަށް ބޭނުންވާ މެކޭނިކަލް އިންޖިނިއަރިންގ މަސައްކަތް ކޯރޑިނޭޓްކޮށް މި ކަންކަމުގެ ލަފާދީ މި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެ މި މަސައްކަތްކުރުން

 

މަސްޢޫލިއްޔަތު ތައް:

 

 

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ  9:00 – 13:30 އަށް ލިބެންހުންނާނެއެވެ.  އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތް ނަމަ އިންޓަރވިއުއާއި ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ޑިސެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

  • އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
  • މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

 

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

ވެބްސައިޓް: www.fenaka.com.mv

 

 

 23 ރަބީޢުލްއައްވަލް   1439

11 ޑިސެމްބަރ     2017

 

11 ޑިސެންބަރު 2017
ހޯދާ