އޮމަދޫ މަދަރުސާ/ ތ.އޮމަދޫ
ދިވެހިރާއްޖެ
ޕްރީސުކޫލް ޓީޗަރ ރިލީފް

މަޤާމް :ޕްރީ ސްކޫލް ޓީޗަރ ( ރިލީފް ޓީޗަރ )
ބޭނުންވާ އަދަދު :2

 

Omadhoo School

Soasanmagu.

Tha.Omadhoo, Maldives

`

 

އޮމަދޫ ސުކޫލް

ސޯސަންމަގު،

ތ. އޮމަދޫ، ދިވެހިރާއްޖެ

 

ނަންބަރު: GS-181/IUL/2017/22                                                   ތާރީޚް: 10 ޑިސެމްބަރ 2017

އިޢުލާން

ޕްރީ.ސްކޫލް ޓީޗަރުން ހޯދުމަށް

ރިލީފް ޓީޗަރ (ޕްރީ.ސްކޫލް)

މަޤާމް:

02 (ދޭއް)

ބޭނުންވާ އަދަދު:

ވަގުތީ (3 މަސް)

މަޤާމުގެ ގިންތި:

ސްކޫލް ޓީޗަރ

މަޤާމުގެ ކްލެސިފިކޭޝަން:

އެކަޑަމިކް ސެކްޝަން/ތ.އޮމަދޫ ސްކޫލް

ސެކްޝަން:

ތ.އޮމަދޫ ސްކޫލް

މަޤާމް އޮތް އޮފީސް:

ތ.އޮމަދޫ ސްކޫލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 

 

މަޤާމުގެ ޝަރުތުތައް:

މަޤާމުގެ ރޭންކް:

އަސާސީ މުސާރަ

ސާރވިސް އެލަވެންސް

ސާނަވީ ތަޢުލީމު ޙާސިލްކޮށްފައިވުން، ނުވަތަ

GS 3

4500.00 ރުފިޔާ

1500.00 ރުފިޔާ

މަތި ސާނަވި ތަޢުލީމު ހާސިލްކޮށްފައިވުން

GS 4

5500.00 ރުފިޔާ

1500.00 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުން

MS1

6090.00 ރުފިޔާ

2500.00 ރުފިޔާ

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ ކްލާސްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުޞޫލާއެއްގޮތަށް ކިޔަވައިދިނުމާއި ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

2. ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހާ ތައްޔާރީތައްކޮށް، ކިޔަވައިދިނުމާއި ދަރިވަރުން ކުރިއަރަމުންދާ މިންވަރު ވަޒަންކޮށް ބެލެހެއްޓުން.

3. އެއްވެސްކުއްޖަކު ދޫކޮށްނުލައި ފަރުދީގޮތުން އެހީތެރިކަންދީގެން ކުރިއަށްގެންދަންޖެހޭ ކުދިންނަށް އެހީތެރިކަން ދީގެން ދަރިވަރުން މުގައްރަރުގެ ފެންވަރަށް ގެނައުން.

4. ކިޔަވައި ދިނުމުގައި ގެންނަންޖެހޭ ބަދަލުތައް ސްކޫލުން އަންގަވާ ގޮތެއްގެ މަތީން ގެނައުމާއި ކިޔަވައިދިނުމުގައި ސްކޫލުން ލިބެންހުރި ވަޞީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައިހިފުން.

5. ކިޔަވައިދިނުމުގެ އިތުރުން، ސްކޫލުން ބާއްވާ އެކި ޙަރަކާތްތަކުގައި ސްކޫލަށް އެއްބާރުލުން ދިނުން.

6. ސްކޫލުގެ ތަޢުލީމީ ފެންވަރު ކުރިއެރުވުމާއެކު ދަރިވަރުން ތަރުބިއްޔަތު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން. 

7. ދަރިވަރުންގެ އުޅުމާއި ކިޔެވުމަށް އަންނަ ބަދަލުތަކާ ބެހޭ މަޢުލޫމާތު ބެލެނިވެރިންނާއި ސްކޫލުގެ ކަމާބެހޭ ފަރާތްތަކަށް އަންގައި އަޅަންވާ ފިޔަވަޅުތައް އެޅުން.

8. ސްކޫލުން އަންގަވާ މުއްދަތެއްގެ ތެރޭގައި ސްކީމްއޮފް ވާރކާއި ފިލާވަޅުތަކާއި ރިޕޯޓްފޮތްތައް ތައްޔާރުކުރުން.

9. ސްކޫލަކީ ސާފުތާހިރު، ދަރިވަރުންނަށް ހުރިހާ ގޮތަކުން ޙިމާޔަތްތެރިކަން ލިބިގެންވާ އުނގެނުމުގެ މާޙައުލެއް ގާއިމްކުރެވިފައިވާ ތަނެއްގެ ގޮތުގައި ދެމެހެއްޓުން.

10. ކިޔަވައިދިނުމަށް ކުރިމަތިވާ ހުރަސްތައް ސްކޫލަށް އަންގައި ކިޔަވައި ދިނުމަށް ބޭނުންވާ އެހީތައް ހޯދައި ތައްޔާރުކޮށް ސްކޫލުގެ އުނގެނުމުގެ ވަޞީލަތްތައް މުއްސަދިކުރުން.

11. ދަރިވަރުންގެ ކުރިއެރުމަށް ސްކޫލުން ހިންގާ އެންމެހާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.

12. ސްކޫލަކީ ޓީޗަރުންނާއި އެހެނިހެން މުވައްޒަފުންނާއި ދަރިވަރުންނާއި ބެލެނިވެރިންގެ ޙައްގުތައް ރައްކާތެރިކޮށް އަބުރު ހިފަހައްޓާ ތަނެއްކަމަށް ހެދުން. 

13. ކިޔަވައިދިނުމާއި ދަރިވަރުންގެ ކުރިއެރުމާގުޅޭގޮތުން ސްކޫލުން ކަނޑައަޅާފައިހުންނަ ލަނޑުދަޑިތައް ޙާޞިލްކުރުމަށް ހަވާލުކުރެވިފައިވާ މަސައްކަތްތައްކޮށް ކަނޑައަޅާފައިވާ ވަގުތަށް ނިންމުން

14. ސްކޫލްގެ ފަރާތުން އިންތިޒާމް ކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޙަރަކާތްތަކުގައި ބައިވެރިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1.  ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން
  2.  މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  3.  ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ،  މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،  އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

 

     (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

     (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

ވަޒީފާއަށް އެދޭ ފޯމް އޮމަދޫ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓް (www.csc.gov.mv) މި ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ޑިސެމްބަރ 2017 ވާ  އަންގާރަ ދުވަހުގެ މެންދުރު 13:00ގެ ކުރިން އޮމަދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ ([email protected]) އެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާތިލްކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 20 ޑިސެމްބަރ 2017  އާއި 25  ޑިސެމްބަރ 2017 އާއި  ދެމެދު، އޮމަދޫ ސުކޫލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާބަޔަކުން އެނެމެދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %30 އެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އޮމަދޫ ސްކޫލުގެ  ގެ ނަންބަރު 6780572   ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. އީމެއިލް އެޑްރެހަކީ [email protected]  އެވެ.

 

                     21 ރަބިޢުލްއައްވަލު 1439ހ.

                     10 ޑިސެމްބަރ 2017 މ.                               

                                                            

                                                       

10 ޑިސެންބަރު 2017
ހޯދާ