މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1 އަހަރު ދުވަހުގެ މުއްދަތައް ރަށުގެ އިޖުތިމާއީ ސަރަހައްދުތައް ކުނިކަހާ ސާފްކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

                               `                                  

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

އުނގޫފާރު، ދިވެހިރާއްޖެ                                    ނަންބަރު:  (IUL)303-AS /303/2017/49

 

އިޢުލާން

 

1 އަހަރު ދުވަހުގެ މުއްދަތައް ރަށުގެ އިޖުތިމާއީ ސަރަހައްދުތައް ކުނިކަހާ ސާފްކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

1  އަހަރު  ދުވަހުގެ  މުއްދަތައް  ރަށުގެ އިޖްތިމާޢީ  ސަރަހައްދުތައް  ކުނިކަހާ ސާފްކޮއްދޭނެ ފަރާތެއް ހޯދުމަށް  ބޭނުންވެއްޖެއެވެ.

                    ވީމާ، ސުރުޚީގައި ދެންނެވިފައިވާ މިރަށުގެ އިޖްތިމާއީ ސަރަހައްދު ކުނިކަހާ ސާފްކޮއްދިނުމަށް މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮއްދިމުނަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 13 ޑިސެމްބަރ 2017، ބުދަ ދުވަހުގެ 11:00 އަށް މިއިދާރާ އަށެވެ. އަންދާސީ ހިސާބް ހުށަހެޅުން އޮންނާނީ ރ . އުނގޫފާރު ކައުންސިލް އިދާރާގައި 18 ޑިސެމްބަރ 2017، ހޯމަ ދުވަހު 10.30 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ ކުލަބް ޖަމާއަތަކުން ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު ގެ އިޖްތިމާއީ ސަރަހައްދުތައް ކުނިކަހާ ސާފްކުރުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118  ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

ތިރީގައިއެވަނީ މިމަސައްކަތުގައި މާކުސް ދިނުމަށް ހަމަޖެހިފައިވާ ގޮތެވެ.

ރައްކުނިކަހައި ދިނުމަށް އެދި ހުށަހަޅާ އަންދާސީ ހިސާބައް  %80

މާލީތަނަވަސް ކަމަށް % 10

ތަޖުރިބާއަށް % 10

           ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

           19  ރަބީއުލްއައްވަލް  1439    

           07  ޑިސެމްބަރ   2017  

 

 

                                          އަބްދުންނާޞިރު ޢަލީ

                                                       ( ކައުންސިލްގެ ރައީސް )     

07 ޑިސެންބަރު 2017
ހޯދާ