ކުޑަފަރީ މަދަރުސާ
ދިވެހިރާއްޖެ
ދަރިވަރުންގެ ފާޙާނާތައް މަރާމާތު ކުރުމާއި ގުޅޭ،

މި ސްކޫލް ދަރިވަރުންގެ ފާހާނާތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

       ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 11 ޑިސެމްބަރ 2017 ވާ ހޯމަ ދުވަހުގެ 11.00 ށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ 11.00 ށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އެސްޓިމޭޓް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

 

ޕޮއިންޓް ދިނުމުގައި ބެލޭނެ ކަންތައްތައް

ޕޮއިންޓް

1

މަސައްކަތުގެ އަގަށް

65

2

މަސައްކަތުގެ މުއްދަތައް

25

3

މާލީ ތަނަވަސްކަމާއި ފަންނީ ޤާބިލްކަން

5

4

މަސައްކަތުގެ ތަޖުރިބާއަށް

5

 

(ޖުމްލަ ސަތޭކަ)

100

         އަދި ދަންނަވަމަވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.  ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެސްޓިމޭޓުގެ ވެރިފަރާތުގެ ސިޓީއަކާއެކު އައިޑީކާޑުގެ ކޮޕީއެއް ފޮނުއްވަންވާނެއެވެ.  އެސްޓިމޭޓްކެނޑުމަށް ހަމަޖެހިފައިވަނީ އެސްޓިމޭޓް ހުށަހެޅުއްވި ބޭފުޅުންގެ ހާޟިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6561802 އާއި ގުޅުއްވުން އެދެމެވެ.

07 ޑިސެންބަރު 2017
ހޯދާ