ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

 

އިޢުލާން

  

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

                މަދްރަސީ ތަޢުލީމުގެ ޤައުމީ މަންހަޖުގެ ކީރިތި ޤުރުއާން މާއްދާގެ ކީ ސްޓޭޖް  4 (ގްރޭޑް9،10)، އާއި ކީ ސްޓޭޖް  5 (ގްރޭޑް 11، 12) ގެ ދަރިވަރުންގެ ފޮތްތަކާއި މުދައްރިސުންގެ ފޮތްތަކުގެ މަސައްކަތް ސްޕަރވައިޒް ކުރުމާއި، މަސައްކަތް ދަނީ ކަނޑައެޅިފައިވާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިންތޯ ބައްލަވައި އިސްލާޙުކޮށް ދެއްވާނެ ފަރާތެއް ހޯދުމަށް މި އިންސްޓިޓިއުޓުން ކުރެވުނު ނަންބަރު: 33/2017/1/(IUL)451-FP އިޢުލާނާގުޅިގެން ބިޑު ހުށަހަޅާފައިވާ ބައެއްފަރާތްތަކަކީ މިއިންސްޓިޓިއުޓުން ތައްޔާރު ކުރުމަށް ހަމަޖެހިފައިވާ ޤުރްއާން ފޮތްތައް ލިޔުމުގެ އިއުލާނަށް ބިޑް ހުށަހަޅާފައިވާ ފަރާތްތަކަށް ވާތީ އިޢުލާން ބާތިލް ކުރަމެވެ. އަދި މިކަން ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

 

                ވީމާ،  މިކަންކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގ 02ވަނަފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

 2017 ޑިސެމްބަރު 13 ވަނަ ދުވަހުގެ 12:45 ށް

2017 ޑިސެމްބަރު 19 ވަނަ ދުވަހުގެ 12:45ށް

 

                  އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3023511ނަމްބަރ ފޯނާއެވެ.

 

19 ރަބިއުލްއައްވަލު 1439

07 ޑިސެމްބަރު 2017

 

07 ޑިސެންބަރު 2017
ހޯދާ