ފޯކައިދޫ ސްކޫލް
ދިވެހިރާއްޖެ
2018ގެ ދިރާސީ އަހަރުގެ ކިޔެވުން ފަށައިގަތުމަށް ކުރަންޖެހޭ މަރާމާތު

އިޢުލާން

2018 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށައިގަތުމަށްޓަކައި ކުރަންޖެހޭ މަރާމާތު

 

         2018ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށައިގަތުމަށްޓަކައި މިސުކޫލުގައި ތިރީގައި މިދަންނަވާ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • ކުލާސްރޫމް 5 ، 6 ، 7 ، 8 ، އަދި 9ގެ ފަންކާތަށް ބަދަލުކުރުން.(20 ފަންކާ)

          ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 ޑިސެމްބަރ 17 ވާ އާދިއްތަ ދުވަހުގެ 10:00އަށް މިސުކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޑިސެމްބަރ 24 ވާ އާދިއްތަ ދުވަހުގެ 10:00އަށް ސުކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

         މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެކަން އެނގޭނޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިއިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ 19/2014)  ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

                   07 ޑިސެމްބަރ 2017

                  19 ރަބީޢުލްޢައްވަލް 1439

 

07 ޑިސެންބަރު 2017
ހޯދާ