ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ކުވައިތު ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގެ ދަޢުވަތ

ކުވައިތު ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގެ ދަޢުވަތު

 

2018 ވަނަ އަހަރު އެޕްރީލް 11 ން 18 އަށް ބާއްވާ ކުވައިތު އިންޓަރނޭޝަނަލް ކީރިތި ޤުރްއާން ކިޔެވުމުގެ 9 ވަނަ މުބާރާތުގައި ބައިވެރިވުމަށް ދިވެހިރާއްޖެއަށް ވަނީ ދަޢުވަތު ލިބިފައެވެ. މި މުބާރާތުގެ ބައިތަކުގެ ތެރެއިން ތިރީގައިވާ ބައިތަކުން މުޅި ޤުރްއާން ހިތުދަސްކުރުމުގެ ގޮފީގައި ބައިވެރިވުމަކީ ލާޒިމްކަމެއް ކަމުގައިވާތީ މިގޮފީގައި އެއްވެސް ބައިވެރިޔަކު ބައިވެރި ނުވެއްޖެނަމަ ރާއްޖެއިން މިމުބާރާތުގައި ބައިވެރިނުވެވޭނެ ކަމުގައި ދަންނަވަމެވެ.

ބައިވެރިވުމުގެ ޝަރުޠު:

 

މުޅި ޤުރްއާން ހިތުދަސްކުރުމުގެ ގޮފި: (އަސާސީ ބައި)

1-      ކީރިތި ޤުރްއާން ހިތުދަސް ފަރާތެއް ކަމުގައިވުން.

2-      ޢުމުރުން 13 އަހަރާއި 25 އަހަރާއި ދެމެދުގެ ފިރިހެނެއް ކަމުގައިވުން.

3-      ތަޖުވީދު ޙުކުމްތަކު މަތިން ފުރިހައަށް ކިޔަވަން ދަންނަ ފަރާތެއްކަމުގައިވުން.

 

ކީރިތި ޤުރްއާން ތިލާވަތުކުރުމާއި ތަރުތީލް ކުރުމުގެ ގޮފި: (ދިގުރާގަށް ކިޔެވުން)

1-      ތަޖުވީދު ޙުކުމްތަކު މަތިން ފުރިހައަށް ކިޔަވަން ދަންނަ މީހެއް ކަމުގައިވުން.

2-      ޢުމުރުން 13 އަހަރާއި 25 އަހަރާއި ދެމެދުގެ ފިރިހެނެއް ކަމުގައިވުން.

 

 

 

މިމުބާރާތުގައި ކޮންމެ ގޮތްޕެއްގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 2018 ޖެނުއަރީ 04 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވާނީ މި މަރުކަޒުން ބައިވެރިން އިމްތިޙާން  ކުުރުމަށްފަހުގައެވެ.

07 ޑިސެންބަރު 2017
ހޯދާ