އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ުހުޅުދޫ އަވަށުއޮފީސް މަރާމާތުކުރުމުގެ މަސައްކަތް

އިޢުލާން

އައްޑޫ ސިޓީގެ ހުޅުދޫ އަވަށު އޮފީހުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)426-AA/426/2017/153 އިޢުލާނާއި ގުޅިގެން ހުށަހެޅި އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން މި ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ދިނުން އޮންނާނީ، 2017 ޑިސެމްބަރ 11 ވާ ހޯމަ ދުވަހުގެ 10:00 ގައި ހުޅުދޫ އަވަށު އޮފީހުގައާއި، މިއިދާރާގެ  ކޮންފަރެންސް ހޯލުގައެވެ. ހުޅުދޫ އަވަށު އޮފީހުން މަޢުލޫމާތު ސާފުކުރާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ، ހުޅުދޫއަވަށު އޮފީހަށެވެ. މިއިދާރާއިން މައުލޫމާތު ސާފުކުރާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ މިއިދާރާއަށެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2017 ޑިސެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ 11:00 އެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

18 ރަބީޢުލްއައްވަލް 1439

 

06 ޑިސެންބަރު 2017
ހޯދާ