އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ޑެސްކު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

 

ޑެސްކު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

                     މި ސްކޫލުގެ ކްލާސްރޫމު ތަކުގައި މިހާރު ބޭނުން ކުރަމުންގެންދާ ލަކުޑި ޑެސްކު ތަކުގެ ތެރެއިން 200 ލަކުޑި ޑެސްކު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ.

           ވީމާ، މި ޑެސްކުތައް މަރާމާތު ކުރުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

14 ޑިސެންބަރ 2017 (ބުރާސްފަތި) ދުވަހުގެ 11:00 އަށް

19 ޑިސެންބަރ 2017 (އަންގާރަ) ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3325762, 3321346 ނަންބަރު ފޯނާއެވެ.

18 ރަބީޢުލްއައްވަލް  1439

06 ޑިސެންބަރު 2017
ހޯދާ